Support Us

ހުޅުމާލޭ ފޭސް2 ގެ ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަން އަލުން ހުޅުވާލައިފި

ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރުމަށް އަލުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ފޭސް ދޭއްގައިވާ ވަގުތީ ލޯކަލް މާރުކޭޓުން ގޮޮޅި ދޫކުރުމަށް ހުސްވި މަހުގެ 28ގައި ކުރި އިއުލާނާ ގުޅިގެން އިއްޔެގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ފޯމް ހުށަަހަޅާފައިނުވާތީ އެ ފުރުސަތު އަލުން ހުޅުވާލައިފައިވާ ކަމަށެވެ.

"އެހެން ކަމުން ހަވާލާދެވުނު އިޢުލާނާއެކު ޝާއިއުކުރެވުނު މައުލޫމާތު ކަރުދާސް މުރާޖާކުރުމަށްފަހު އަލުން ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލައިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަން،" އެޗްޑީސީން ބުނެ އެވެ.

ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ހިންގުމަށް އެދި ހުށަހަޅާ ފޯމް 9 މާޗް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 11:00 އާ ދެމެދު ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތު ނެގުން އޮންނާނީ 9 މާޗު ވާ ހޮނިހިރު ދުވަހު 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަމްބަރުތަކަށް ފޯމް ބަލައިގަތުމަށްފަހު ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ވަގުތީ ލޯކަލް މާރުކޭޓުން ގޮޅި ހިފުމަށް އެދޭ ފޯމް ހުށަހެޅުމާ ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓްގައި ހިމެނޭ އިޢުލާނާ އެކު ޝާއިއުކޮށްފައިވާނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ 1516 އަށް ގުޅުމަށް ވެސް އެ ކޯޕަރޭޝަނުން އެދެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *