Support Us

"މަސްޖިދުލް ޝާކިރީން" ގައި އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭނެ. --އަދިވެސް ފޮޓޯ: ސަންބު

އިސް ރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިޔާ ސަރަހައްދުގައި ވަގުތީ މިސްކިތެއް

އިސް ރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިޔާ ސަރަހައްދުގައި ވަގުތީ މިސްކިތެއް އެޗް.ޑީ.ސީން މިއަދު ހުޅުވައިފިއެވެ. ރޯދަ މަހަށް ހާއްސަކޮށްގެން އެޗް.ޑީ.ސީން އިމާރާތްކުރި މި މިސްކިތުގެ ނަމަކީ "މަސްޖިދުލް ޝާކިރީން" އެވެ.

"މި މިސްކިތް ގާއިމުކުރެވިފައި މި ވަނީ ފޭސް ދޭއްގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވިފައިވާ މިސްކިތެކެވެ."

އޭ.ސީކޮށްފައިވާ "މަސްޖިދުލް ޝާކިރީން" އަކީ އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ." އެޗް.ޑީ.ސީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *