Support Us

އެމް.ޕީ.އެލްގެ އުމްރާ ދަތުރު ލިބުނު ތިން މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

އެމް.ޕީ.އެލްގެ އުމްރާ ދަތުރު ލިބޭ ތިން މުވައްޒަފުންނަށް ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނަށް ލިއުން ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

މި އަހަރު ޢުމްރާ ދަތުރު ލިބުނު މުވައްޒަފުންނަކީ:

  1. ފަޞީލް މުޙައްމަދު
  2. ޙާމިދު މުޙައްމަދު
  3. ޢަމީޒާ އަލީ

"މި ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ތިން މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައިވެއެވެ.