Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ

އެތާނގައި ހުރީ 2500 ފޮތެވެ. އެތާނގައި އޮތީ ހަ ފަޓުލޫނާއި ހަތަރު ގަމީހާއި ތިން ކޯޓުފަޓުލޫނެވެ. މީގެއިތުރަށް ދެން އެ ތާނގައި ހުރީ ޕަދުމާ ޝްރީ އެވޯޑާއި ޕަދްމާ ބުޝަން އެވޯޑާއި ބާރަތު ރަތްނަ އެވޯޑާއި އެތައް ސަތޭތަ ޑިގުރީ ސަނަދުތަކެވެ.

މިއީ އިންޑިޔާގެ 11ވަނަ ރައީސް އަދި އެ ގައުމުގެ ޖައްވީ ޕްރޮގްރާމުގެ ސިކުނޑި ކަމުގައި ވި، ފަހުގެ ޒަމާނެއްގައި ޢިލްމާއި ޙިކުމަތާއި ފަލްސަފާއާއި ސައިންސުގެ ރޮނގުތަކުން ދުނިޔެއަށް އެންމެ ގިނަގުނަ ޚިދުމަތްކުރެއްވި ސައިންޓިސްޓު، އިލްމުވެރިޔާ، ޕްރޮފެސަރ ޑރ. ޢަބްދުލްކަލާމު ދިރިއުޅުއްވި އޭނާގެ ކޮޓަރިކޮޅެވެ.

މި ކޮޓަރިކޮޅުގެ ޒީނަތަކީ އެ ތަނުން ވިދާ ޢަބްދުލްކަލާމުގެ ދާއިމީ ހަނދުމަތަކެވެ. ދުނިޔެއަކީ އެ މީހަކު އެ އުޅޭ ދަންފަޅިއެއްގައި އެ މީހަކަށް ކޮށްދެވުނު ހެޔޮކަމެއްކޮށްފައި ދާން އޮތް ވަގުތީ މަންޒިލެއްކަމެވެ.

ޑރ. ކަލާމުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ދަންނަވަމެވެ. ކަލާމުގެ އިލްމުވެރިކަމާއި އިންސާނީވަންތަ ރިވެތި ނަމޫނާ ދިރިއުޅުއްވުމުން ރަނގަޅު ފިލާވަޅާއި އިބުރަތް ޙާޞިލްކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *