Support Us

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ތައިލޭންޑްގެ ކުންފުންޏަކާ ހަވާލުކޮށްފި

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާ ބެހޭ އެމްއޯޔޫގައި ސޮއިކުުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.

މި އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ތައިލެންޑް ކުންފުންޏެއް ކަމުގައިވާ ޕޭން ޕެސިފިކްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގްއެެވެ.

މި ޖަލްސާގައި ވާހަަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް މުހިންމު ވެގެންދަނީ އެ އަތޮޅަކީ މާލެއާ ދުރުގައި އޮތް އަތޮޅަކަށްވެފައި އެ އަތޮޅަށް ޓޫރިސްޓުން ގެނައުމަކީ ހަރަދުގެ ގޮތުން ބޮޑު ކަމަކަށް ވާތީ އާއި އެ އަތޮޅަށް ޓޫރިސްޓުން ގެނައުމަކީ މުހިންމު ކަމަކަށްވާތީ ކަމަށެވެ.

މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ މި ޕްރޮޖެކްޓަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުހިނގާނެ ކަމަށާއި މި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއް ވެސް ކުރާނީ ސީދާ އިންވެސްޓަރ ކަމަށެވެ.

"މިއީ ރައީސް ޑރ. މުއިއްޒު ރާއްޖޭގައި އިނޮވޭޓިވް ފައިނޭންސް މޮޑެލްތަކަށް ޕްރޮޖެކްޓްތައް ހިންގެވުމަށް ގެންގުޅުއްވާ އުސޫލާ އެއްގޮތަށް ދައުލަތަށް ބުރަނުވާ ގޮތަށް ހިންގޭނެ ޕްރޮޖެކްޓެއް" ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް އެޅުޅުމުގެ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމިގެންދާއިރު ތިނަދޫ ފަޅުގައި އެންމެ ބޮޑެތި ބޯޓްތައް ޖެއްސޭވަރުގެ ރަންވޭއެއް އެޅިގެންދާނެ ކަަމަށާއި ޕްރިމިއާ ފަލައިންފް ސްކޫލެއް ގާއިމްކުރެވި ފްލައިޓްތަކަށް ސާވިސް ދިނުމަށް އެމްއާރްއޯއަކާއި ކާގޯގެ ހިދުމަތް ލިބޭ ވަސީލަތްތަކާއި ފިއުލް ފާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް މިިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން ހުވަދު އަތޮޅުގެ އެކި ދިމަދިމާލަށް ގެސްޓުން އުފުލުމަށްޓަކައި ސީޕްލޭން ޓާމިނަލަކާއެކު ސީޕްލޭން ހަބައެއް ގާއިމްކުރެވޭނެ އެވެ. އަދި އެއާ އެންބިއުލަންސްގެ ހިދުމަތް ވެސް ގާއިމްކުރެވޭނެ އެވެ.

މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލުވާ ކޮންޓްރެކްޓަރ ހުވަދޫގައި 12 ރިސޯޓެއް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 2400 އަށްވުރެ ގިނަ އެނދު ކަމަށެވެ.

"މިއީ މިހާތަނަށް ހުވަދު އަތޮޅަށް ލިބިގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު. މިއާ އެކު ހުވަދު އަތޮޅު މުޅިން ބަދަލުކޮށްލާނެ. ހުވަދޫ އަތޮޅަކީ ދިވެހި ރާއްޖޭގައި އޮތް ވަކިން ޓޫރިޒަމް ޓޫރިޒަމް ހިނގާ ސަރަހައްދަކަށް ވެގެންދާނެ،" މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ މަސައްކަތް ފެށޭތާ ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *