Support Us

ގާކޮށި ޕާކިން ޒޯންގައި ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލަނީ

ގަލޮޅު ގާކޮށި ފްލެޓް ސަރަހައްދުގެ ޕާކިން ޒޯނުގެ ބައެއް ހިމެނޭ ގޮތަށް ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ސަރަހައްދު އާއްމުކޮށް ހުޅުވާލުމަށް ސްޓެލްކޯއިން ނިންމައިފި އެވެ.

ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީ އެކްސްގައި މިއަދު ވިދާޅުވީ "ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް ނިންމައިފިން" ކަމަށެވެ.

ސްޓެލްކޯގެ ބޭނުމަށް ކުރީ ސަރުކާރުން ބަންދުކޮށް، ހުޅުވަން އިންކާރުކޮށްފައި ހުރި މާލޭގެ ކާރޫބާރޫ ބޮޑު ބައެއް މަގުތަކާއި ގޯޅިތައް، ފަހުމީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންދަވަނީ ހުޅުއްވަވަމުންނެވެ.

"ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާއަށްވާއިރު، މި ކުންފުންޏަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަކަންކަމަށް ދަނީ ހައްލުހޯދައިދެމުން،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *