Support Us

މެރިޓައިމް ތަޖުރިބާކާރުންނާ އެކު އެމްޕީއެލުން ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަނީ

މެރިޓައިމް ދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ބައިވެރިވާ ބައިނަލްއަގުވާމީ ކޮންޕަރެންސެއް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ފަރާތުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެރިޓައިމް ކޮންޕަރެންސް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބާސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވޮލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން) އާ ގުޅިގެން ކަމަށެވެ.

"ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެކެވެ." އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

"މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ."

މީގެ އިތުރުން މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ މެރިޓައިމް ދާއިރާއަށް މިހާރު ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވިގެންދާނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

މި ކޮންޕަރެންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާާއި ރާއްޖޭގެ ސްޓޭކްހޯލްޑަރުންނާއި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންގެ އިތުރުން މިދައިރާގެ ތަޖުރިބާކާރު ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮންޕަރެންސްގެ ސްޕީކަރުންގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *