Support Us

ވަގުތީ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް ކޯޓުން އިސްރާއީލަށް އަލުން ގޮވައިލައިފި

ޣައްޒާގެ ރަފަޙުގެ ޙާލަތާ ބެހޭގޮތުން ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅި އަވަސް މަސްއަލަ އެ ކޯޓުން ބަލައިނުގަނެ އެ ކޯޓުން 26 ޖަނަވަރީގައި އިއްވައިފައިވާ ޤަރާރުތަކަށް އަވަހަށް ޢަމަލުކުރުމަށް އިސްރާއީލަށް އަލުން ގޮވައިލައިފިއެވެ.

މި ކޯޓުން ބުނިގޮތުގައި ރަފަޙުގައި ހިނގަމުންދާ ކަންތައްތައް އިންސާނީ ބިރުވެރި ހުވަފެނަކަށް ވެދާނެއެވެ.

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ޢާންމުންގެ ރައްކައުތެރިކަމާއި އަމާންކަމަށް ޓަކައި އިސްރާއީލުން ނަސްލުހޭދުގެ މުޢާހަދާއަށް ފުރިހަމައަށް ކަށަވެތިވާން ޖެހޭނެއެވެ. 

ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިސްރާއީލަށް އަމުރުކުރީ މި ހުސްވި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. 

މި ކޯޓުގެ ނިޔާގައި ނަސްލުހޭދުގެ މުޢާހަދާގެ ދެވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައިފާ ވެއެވެ. ކޯޓުގެ ނިންމުންތައް ބުނާގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ. ކޯޓުގެ ނިޔާ ބުނާގޮތުގައި ނަސްލުހޭދުގެ ޢަމަލުތައް ހުއްޓުވުން އިސްރާއީލުގެ މައްޗަށް ލާޒިމުކުރާ ހުރިހާ ޝަރްޠުތަކެއް ފުރިހަމަވެގެން ވެއެވެ.  

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

މި ކޯޓުގެ ނިޔާ ބުނާގޮތުގައި ކޯޓުން ކޮށްފައިވާ އަމުރުތަކާ އެއްގޮތަށް އިސްރާއީލުން ޢަމަލުކުރިގޮތާ ބެހޭގޮތުން އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް ރިޕޯޓެއް ހުށައަޅަން ވާނެއެވެ. 

މި ކޯޓުން މަނާކޮށްފައިވާ އެއްވެސް ކަމަކަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން އަރައިގަންނަމުން ނުދާކަން އިސްރާއީލުން ވަގުތުން ކަށަވަރުކޮށްދޭން ޖެހޭނެކަމަށް ވެސް ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *