Support Us

ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުލުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓެއް އެޗް.ޑީ.ސީން ހިލޭ ދީފި

ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުލުމާލޭގައި ހިންގުމަށް ބޭނުންވާ ކޮމާޝަލް ޔުނިޓެއް އެޗް.ޑީ.ސީން ހިލޭ ދީފިއެވެ.
މި ޔުނިޓް ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި ސީއެފްއޯ އަހްމަދު ޝާމެވެ. ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލާއި އިމާމް އަބްދުﷲ ރަޝީދެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަށް އެޗް.ޑީ.ސީގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *