Support Us

އިސްރާއީލުން ރަފަޙަށް އެރިޔަސް އެމެރިކާއިން އަދަބެއް ނުދޭނެ

ޣައްޒާގެ ދެކުނުގެ ރަފަޙު ސަހަރަށް އިސްރާއީލު ސިފައިން ޢާންމުންނަށް ޙިމާޔަތް ނުދީ އެރިޔަސް އެމެރިކާއިން އިސްރާއީލަށް އަދަބު ނުދޭނެކަމަށް އެމެރިކާގެ ތިން މަސްއޫލުވެރިއަކު ވިދާލުވެއްޖެއެވެ. ޕޮލިޓިކޯ ނޫސް ބުނާގޮތުގައި ބުނާގޮތުގައި މިއިން އެނގެނީ އެކަމުގައި އެމެރިކާގެ ފެހިއަލި އިސްރާއީލަށް ލިބިފައިވާ ކަމެވެ.

ރަފަޙަކީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ލިބިފައިވާ އެންމެ ފަހު އަމާން ބޯހިޔާވައްސެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ދަނީ މި ކަން ނުކުރުމަށް އިސްރާއީލަށް ނަސޭހތްތެރިވަމުންނެވެ. 1.3 މިލިޔަން މީހުންގެ ސަބަބުން ތޮއްޖެހިފައިވާ މި ސަހަރަށް އިސްރާއީލު ސިފައިން އަރައިފިނަމަ އެ ސަހަރުގައި ޤަތުލުޢާންމުތަކެއް ހިނގާނެކަމާމެދު އެއްވެސް  ޝައްކެއް ނެތެވެ. 

އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވާގޮތުގައި އިސްރާއީލުން ރަފަހަށް އެރިޔަސް އެމެރިކާއިން އިސްރާއީލަށް ދޭ އެހީއަށް ހުއްޓުމެއް ނާންނާނެއެވެ. އޭނާ ވިދާޅުވިއެވެ. "އެކަން ކުރުމަށް އިސްރާއީލަށް ބޭނުންވާ ސާމާނާއި ހަތިޔާރު އިސްރާއީލަށް ޖާމިނުކޮށްދެވޭނެއެވެ."

އެމެރިކާގެ ސެނެޓުން އިއްޔެ ވަނީ އިސްރާއީލަށާއި ޔުކްރޭނަށާއި ތައިވާނަށް 95.34 ބިލިޔަން ޑޮލަރުގެ އެހީދިނުމަށް ފާސްކޮށްފައެވެ. މި އެހީ ދިނުމާބެހޭގޮތުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް މަޖިލީހުގައި އަދި ވޯޓެއް ނުނަގައެވެ. އެ މަޖިލީހުން ވެސް އިސްރާއީލަށާއި ތައިވާނަށް އެހީވުމަށް ނިންމައިނެކަމަށް ފެނެއެވެ. 

އޭނާ ވިދާޅުވިގޮތުގައި ސެނެޓުން ދޭން މި ނިންމި އެހީގެ ޕާރުސަލަކީ މެދުއިރުމައްޗަށް ބޭނުންވާ އެމެރިކާ ޤައުމީ ސަލާމަތަށް ޓަކައި ކުރަންޖެހޭ ހޭދައެކެވެ. މިއެހީގެ ސަބަބުން ޙަމާސާއި ޙިޒްބުﷲ ފަދަ ހަރުކަށި ޖަމާޢަތްތަކުގެ ޙަމަލާތަކުން އިސްރާއީލަށް ޙިމާޔަތް ތަނަވަސްވެގެން ދާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *