Support Us

ރަމަޟާން މަހު އަވަހަށް މުދާ ކްލިއަރކުރަން އެމް.ޕީ.އެލަށް އިތުރު ފަސް ފޯކްލިފްޓް ގެނެސްފި

އަންނަ ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވްސް އެމް.ޕީ.އެލް އިން އިތުރު ފަސް ފޯކްލިފްޓް ގެނެސްފި އެވެ.

އެމްޕީއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ވެސް ރަަމަޟާން މަހު އެ ކުންފުނިން ދުރާލާ ތައްޔާރުވަމުން އަންނަ ކަަމަށެވެ.

އެގޮތުން ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއާކޮށް، ވިޔަފާރިވެރިންނަށް ވިޔަފާރިވެެެެރިންނަށް ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރަމަޟާން މަހަކު ވެސް އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެންނަ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

"މިއަހަރުގެ ރަމަޟާން މަހު މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މި ކުންފުނިން މިހާރު ވަނީ ފަސް ފޯކްލިފްޓް މި ކުންފުނީގެ އޮޕަރޭޝަނަށް އިތުރުކޮށްފަ އެވެ." ނޫސްބަޔާނުގައިވެ އެވެ.

އެޕްޕީއެލްގެ އޮޕަރޭޝަނަށް އިތުރަށް ގެނެސްފައިވަނީ "ހެލި" ބްރޭންޑްގެ 3.5 ޓަނުގެ ފޯކްލިފްޓެވެ.

ރަމަޟާން މަހު ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުން ވީހާ ވެސް ލުއި ފަސޭހަ ކުރުމުގެ ގޮތުން އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.