Support Us

"އިސްރާއީލުން މިނިވަންކުރި ކަމަށް ބުނާ ދެ އަސީރުންނަކީ ޙަމާސުން ހިފަހައްޓައިފައި ތިބި ބައެއް ނޫން"

އިސްރާއީލުން މިނިވަންކުރި ކަމަށް ބުނާ ދެ އަސީރުންނަކީ ޣައްޒާގައި ޙަމާސުން ހިފަހައްޓާފައި ތިބި ބައެއް ނޫން ކަމަށާއި އެއީ ޣައްޒާގައި މަދަނީ ޢާއިލާއެއްގެ ބެލުމުގެ ދަށުގައި ތިބި ދެ މުސްކުޅިން ކަމަށް ޙަމާސުގެ އިސްވާރެއް ކަމުގައިވާ އުސާމާ ޙަމްދާން މިއަދު ވިދާޅުވެއްޖެއެވެ.

ބައިރޫތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި "އަސީރުންނާ ބެހޭ ގޮތުން ފަހުބަސް ބުނަން އެނގޭނީ ހަމަ ޙަމާސަށެވެ."

އޭނާ  ވިދާޅުވިއެވެ. "އިސްރާއީލަށް ޙަމާސް ފުޑުފުޑުކޮށެއް ނުލެވޭނެއެވެ. އަދި އަސީރުން މިނިވަނެއްވެސް ނުމެކުރެވޭނެއެވެ. އަދި އެމީހުންނަށް ޣައްޒާއާ ބެހޭ އައު ތަޞައްވުރެއް ވެސް ޤާއިމެއް ނުކުރެވޭނެއެވެ."

އޭނާ ވިދާޅުވިގޮތުގައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ޙަމާސުން ވާހަކައެއް ނުދައްކާނެއެވެ. ޢުދްވާނު ހުއްޓައިލުމާބެހޭ ގޮތުން ދައްކަން ޤަބޫލުވަންޏާ މެނުވީއެވެ. ޙަމާސުން ބޭނުންވާ ކަންތައްތަކާ ހަމައަށް  އަދުއްވުންނެއް އަދި ނާދެއެވެ.

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ބިރުދެއްކިޔަސް އަހުރެމެން އަހުރެމެންގެ ވާޖިބުތައް އަދާކުރުމާ ދުރަކަށް ނުލެވޭނެއެވެ." 

އޭނާ ވިދާޅުވިގޮތުގައި ޣައްޒާއާ ބެހޭގޮތުން ޙަމާސުން ހުށައެޅި  ހުށައެޅުމަށް އިސްރާއީލުން ދިން ރައްދަކީ ފަހަތަށް ޖެހުމެކެވެ. އެމީހުން ހުށައެޅި ޝަރްޠުތަކަކީ އެއްބަސްވުމާ ކުރިމަތިކުރި  ހުރަސްތަކެކެވެ. 

އޭނަ ވިދާޅުވި ގޮތުގައި ޕެރިސް ހުށައެޅުމަށް އިސްރާއީލުން ދިން ރައްދަކީ ރެފިޔުޖީން އެނބުރި އެމީހުންގެ ގޮވައްޗަށް އެނބުރި ދިޔުމަށާއި ޣައްޒާގެ ރައްޔިތުންގެ ޙަރަކާތްތަކުގެ މިނިވަންކަން ކަސްތަޅުއަޅުވައި ކަމެކެވެ. އަދި އެއިން އެނގުނީ އިސްރާއީލު ސިފައިން ޣައްޒާއިން އެކަށް ނުބާލާނެ ކަމެވެ. 

ޙަމްދާން ވިދާޅުވިގޮތުގައި އިސްރާއީލުގެ ރައްދުން އެނގުނީ  ޣައްޒާގެ ހުރަސްމަގުތައް ނުހުޅުވާނެކަމެވެ. އޭނާ ވިދާޅުވިގޮތުގައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އިސްރާއީލުން ހުށައަޅާ މާދަލާއަކީ އެއްވެސް ހަރުދަނާކަމެއް އޮށްޓަރެއް ހުރި އެއްޗެއްނޫނެވެ.

އިސްރާއީލުން ވަނީ ރޭ ރަފަޙަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އިސްރާއިލުން ހޯމަ ދުވަހު ހެނދުނު ނެރުނު ބަޔާނެއް ބުނާގޮތުގައި އެމީހުން ވަނީ ރަފަޙުން އިސްރާއީލުގެ ދެ އަސީރަކު މިނިވަންކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *