އޭ ދިވެހި ދިދަޔާ ތިބާ ވިހުރޭށެ މިނިވަންކަންމަތީ
ދޭނަމޭ ޤަދަރާއި ޢިއްޒަތް އޭގެ ފުރިހަމަ ގޮތްމަތީ
ދެން ތިބާޔަށް ދިވެހި އުދަރެހަކުން އިރެއް ނޯއްސޭނެޔޭ
އެންމެ ފުން ލޯބިން ވަޠަން ބޮސްދޭނެޔޭ ތިޔަ ނިތްމަތީ
ތިޔަ ހުދާ ފެއްސާ ރަތުން އިއްވާ ނިދާ މުޅި އުންތަށް
ހިޔަލުގައި ތިޔަ އަޑު އަހާލަން ހާދަހާ އޭ ލޮބުވެތީ
ކޮންމެ ކުލައެއް ރަމްޒުކޮށްދޭ މަޢުނަވީ އެ ބުނުންތަކުން
އެންމެ ހިމަނާރަށް އަސަރު ކުރެޔޭ ހިތުގެ މުޅި އުންމަތީ
މިހިތުގައި އޮތް ލޯބި ތިޔަ މޫރިތި ނިޝާނަށް އުފެދިފައި
ކިހިނަކުންހޭ ބުނެދެނީ، ލަފުޒެއް އެ ފަދަނެތް ދޫމަތީ
ފިނިކަމެއް ލިބެޔޭ މެޔަށް މިނިވަން ވަޔާ ހެލިލާ ގޮތުން
ފެނިލުމުން ކުރުނީސްކުރަން ފަށައޭ މި ހިތް ތިޔަ ނަންމަތީ