Support Us

ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ، އައްޑޫ މޭޔަރުގެ ތައުރީފު ރައީސް މުއިއްޒަށް!

އައްޑޫސިޓީގެ ސްޓޭޑިއަމް މަރާމާތުގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އައްޑޫސިޓީގެ އެމް.ޑީ.ޕީގެ މޭޔަރު އަލީ ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރަށް ތައުރީފް ކުރައްވައިފި އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ސްކޫލްތަކުގެ އެތުކެޓިކްސް މުބާރާތް ހުޅުވުމަށް ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގެ ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރު ވަންދެން އެއްވެސް ވަރެއްގެ މަރާމާތެއް ނުކޮށް ދަވާދުކޮޅެއްގެ މިންވަރު ވެސް ހާކާނުލެވި ގޮސްފައި އޮތް ތަނެއް ކަމަށާއި މިދިޔަ ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް އައްޑޫގެ ސްޓޭޑިއަމްގެ މަރާމާތުކޮށްދީފައިނުވާ ކަމަށެވެ.

"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން މި ސްޓޭޑިއަމް މީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މިތަން ވީރާނަވުމަށް ދޫނުކޮށް މިތަން މަރާމާތުކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް، މިދިޔަ ސަރުކާރުގެ ދައުރު ނިމިގެންދިޔަކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ނިޒާރުގެ ވާހަކަފުޅުގައި މި މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން ދިޔައިރު މި ސަރުކާރުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްގެން ކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށާއި ސްޕޯޓް މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.

"މި ފުރުސަތު އަޅުގަނޑު ބޭނުން ކުރާނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އަދި ހަމަ ސްޕޯޓްސް މިނިސްޓަރަށް ޝުކުރު ދެންނެވުމަށް. އަޅުގަނޑު ހަމަ އެ ދެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ނިޒާރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *