Support Us

އިސްރާއީލުގެ އެންމެ ފުނުގައި ޙަމާސުން ޖާސޫސީ ޢަމަލުތައް ހިންގައިފައިވޭ

އިސްރާއީލުގެ އެންމެ ފުނުގައި ހަމާސުން ޖާސޫސީ ޢަމަލުތައް ހިންގައިފައިވާ ކަމަށް އިސްރާއީލުގެ ކުރީގެ ޖާސޫސީ އޮފިސަރަކު އިސްރާއީލުގެ ދުވަހު ނޫހަކަށް ހާމަކޮށްފިއެވެ.

އޭނާ އިސްރާއީލުގެ ނޫސް "އިސްރާއީލު ހާ ޔައުމު" އާ ވާހަކަދައްކަމުން ބުނިގޮތުގައި އޮކްޓޫބަރު ހަތެއްގެ އަޤްޞާ ޠޫފާނުގެ ކުރިން ޙަމާސުން ވަނީ އިދިކޮޅު ޖާސޫސީ ޢަމަލުތައް ވަރަށް ފުނުގައި ހިންގައިފައެވެ. 

މި އޮފިސަރު ބުންޏެވެ. "އިސްރާއީލުގެ ޢަސްކަރިއްޔާގެ އެންމެ ސިއްރު ބޭސްތަކާ ހަމައަށް ޙަމާސުގެ ޖާސޫސުންނަށް ދެވިފައިވަނީ ކިހިނެއްތޯ ތަޙްޤީޤު ކޮމެޓިން ބަލަންޖެހޭނެއެވެ."

ކާކުކަން ހާމަނުކުރުމަށް ޝަރްޠުކޮށް މި ނޫހާ ވާހަކަދައްކަމުން ބުންޏެވެ. "އިސްރާއީލު ލަޝްކަރުތަކުގެ ވަރަށް ޙައްސާސް މަޢުލޫމާތުތައް ޙަމާސްގެ ޢުންޞުރުތަކަށް އެނގެއެވެ. މި މަޢުލޫމާތުތަކާ ހަމައަށް އެމީހުންނަށް ދެވުނީ ކިހިނެއްކަން ބަލަންޖެހޭނެއެވެ." އޭނާ ބުންޏެވެ. "މި މަޢުލޫމާތުތަކަކީ ސިފައިންގެ އިސްވެރިން އެމީހުންގެ އެންމެ ގާތް އެކުވެރީންނަށް ވެސް ހާމަނުކުރާނެ މައުލޫމާތުތަކެކެވެ."

އިސްރާއީލުގެ ތަޖްރިބާކާރު މި އޮފިސަރު ބުނިގޮތުގައި މިއިން އެނގެނީ އިސްރާއީލުގެ ދާޚިލީ ޖާސޫސީ އިދާރާ (ޝަބާކު) ފޭލްވެފައިވާ ކަމެވެ. އެމީހުންނަށް ވަނީ ޙަމާސްގެ ރޭވުންތައް ދެނެނުގަނެވިފައެވެ.

އޭނާ އިތުރަށް ބުންޏެވެ. "އަހުރެމެންނަށް މިހާރު އެނގޭގޮތުގައި އަހުރެމެންގެ ޑްރޯންތަކާ ބެހޭ މަޢުލޫމާތު ޙަމާސަށް އެނގެއެވެ. އަހުރެމެންގެ ތެރެއިން ބަޔަކު އެމީހުންނަށް އެހީވެދީފައިވާ ކަމާމެދު ޝައްކު ކުރެވެއެވެ. މި ކަން ރަނގަޅަށް ބަލަން ވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *