Support Us

ތިލަފުށިން 120 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

ތިލަފުށިން 120 ހެކްޓަރު ބިން ހިއްކައި ނިމިއްޖެއެވެ.

އެޗް.ޑީ.ސީން ބުނި ގޮތުގައި ތިލަފުށިން ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފްގައި ހިމެނޭ 120 ހެކްޓަރުގެ ބިން ހިއްކައި ނިމި މިހާރު ކުރިއަށް ދަނީ އޭރިއާ އީގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތެވެ.

ތިލަފުށީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެޗް.ޑީ.ސީ އާއި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް މި ކުންފުނިން ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރަމެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.