Support Us

ގިރިފުށީގައި ސްޓެލްކޯ މުވައްޒަފުންގެ ޓްރޭނިން ޕްރޮގްރާމެއް

ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި ގިރިފުށީގައި ކުރިއަށް ގެންދާ ޓްރޭނިން ޕްރޮގްރާމްގައި މިހާތަނަށް 100 މުވައްޒަފުން ތަމްރީންކޮށްފި އެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެސްކްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ރައްޔިތުން އެދޭ ގޮތަށް ހިނުތުންވުމާ އެކު އޯގާތެރިކަމާ އެކު ހިދުމަތް ދިނުން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ކަމަކީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި މުއްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުން ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެގޮތުން ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީގެ ޓްރޭނިންގް ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ލީޑަޝިޕް ކުރިއެރުވުމުގެ ޓްރޭނިންގް ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

"ލީޑަޝިޕް އެންހޭސްމަންޓް ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަހުލާގު ހަރުދަނާވެ، ރައީީސް ޑރ. މުއިއްޒު އެދިވަޑައިގެންނަވާ ފެންވަރާއި މިންވަރުގައި ހިދުމަތް ދިނުުމުގެ ރޫހު އާލާވެގެންދާނެ ކަމާ މެދު ޝައްކެއް ނެތެވެ،" ސިފައިން ބޭނުންކުރާ ކަހަލަ ކެމަފްލާޖު ޔުނީފޯމު ލައިގެން ނަގައިފައިވާ ފޮޓޯތަކެއް ހިމަނުއްވައި، ފަހުމީ ލިއުއްވައިފައިވެ އެވެ.

މި ޕްރޮގްރާމްގެ ދަށުން "މިއަދުގެ ނިޔަލަށް 100 މުވައްޒަފުން ތަމްރީން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަަރަށް ބޮޑު އުފަލެކެވެ،" ފަހުމީ ވިދާވެފައިވެ އެވެ.

މި ޕްރޮގްރާމް ހިންގުމުގައި ދިވެހި އަސްކަރިއްޔާއިން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ފަހުމީ ޝުކުރު އަދާކުރައްވާފައިވެ އެވެ.