Support Us

ތާރީޚު ދުށް އެންމެ މޮޅު ވިޔަފާރިވެރިއަކީ ޒިލެންސްކީ: ޓްރަމްޕް 

ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލެންސްކީއަކީ ދުނިޔެ ދުށް އެންމެ މޮޅު ވިޔަފާރުވެރިޔާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ.

ޔުކްރޭނުން ރަޝިޔާއާއެކު ޑީލެއް ހަދައިފިނަމަ ވޮޝިންގްޓަނަށް އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ބްލޫމްބަރގުން މި ޚަބަރު ފަތުރަމުން ބުނިގޮތުގައި  ރައީސް ޒިލަންސްކީ ވަނީ ރައީސް ޓްރަމްޕަށް "ވާހަކަދެއްކުމުގެ ކުރިން ވިސްނެވުމަށް" ގޮވައިލައްވައިފައެވެ. ޓްރަމްޕަށް ޒިލެންސްކީ މި ގޮތަށް ރައްދުދެއްވީ އޭނާ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވިއްޖެނަމަ ޔުކްރޭން ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވުމުންނެވެ. 

މިއަދު ރައީސް ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާއަށް ރައީސްކަން ލިބިވަޑައިގަތްފިނަމަ "އެހީގެ" ގިއުގަނޑުގެ ތެރޭގައި ބޭރުގެ ޤައުމުތަކަށް ފައިސާ ދިނުން ހުއްޓަވާލައްވާނެއެވެ. ފައިސާ ދެވޭނީ ދަރަނީގެ ގޮތުގައި ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. 

ރައީސް ޓްރަމްޕް ވަނީ މި ކަމާމެދު ވާހަކަދެއްކުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ. ރައީސް ބައިޑެން ވަނީ ޔުކްރޭނަށާއި އިސްރާއީލަށާއި ތައިވާނަށް 95 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ސެނެޓަށް ހުށައަޅުއްވައިފައެވެ. ސެނެޓުން ދަނީ މި އެހީގެ ޕާރުސަލުން ޔުކްރޭނަށް އެއްޗެއް ނުދިނުމަށް ގޮވައިލަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *