Support Us

ރަފަޙަށް އެރުމަށް ލަޝްކަރުތައް ތައްޔާރުކުރުމަށް ނަތަންޔާހޫ އެދިއްޖެ

ޣައްޒާގެ ރަފަޙު ސަހަރަށް އަރައިގަތުމަށް ޓަކައި އިސްރާއީލުގެ ލަޝްކަރުތައް ތައްޔާރުކުރުމަށާއި ރިޒަރވް ބާރުތައް ޚިދްމަތަށް ނެރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެ ތާނގެ ޗީފް އޮފް ސްޓާފް ހެލިވީގެ ކިބައިން އެދިއްޖެއެވެ.

ސްރާއީލުގެ ޗެނެލް 13 ބުނާ ގޮތުގައި ޚިދްމަތުން ދޫކޮށްލި ރިޒަރވް ސިފައިންތައް އަލުން ޚިދްމަތަށް ނެރުމަށް ނަތަންޔާހޫ އެދުނެވެ.

އިސްރާއީލުގެ ޗީފް އޮފް ސްޓާފް ބުނިގޮތުގައި އިސްރާއީލުގެ ލަޝްކަރުތައް އޮތީ ހުރިހާ ކަމަކަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެހެނަސް ސިޔާސީ ކަންތައްތަކަށް ވެސް ރިޢާޔަތް ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ލަޝްކަރުތަކަށާއި ސަލާމަތީ މުއައްސަސާތަކަށް ޣައްޒާއިން މީހުން ބޭލުމަށާއި ޙަމާސް ނައްތައިލުމަށް މި ދިޔަ ހުކުރު ދުވަހު ނަތަންޔާހޫ ވަނީ އަމުރުކޮށްފައެވެ. މި އަމުރާ ވިދިގެން  އިސްރާއީލު ދަނީ ރަފަޙަށް ވަދެގަތުމަށް ތައްޔާރުވަމުންނެވެ. 

އިސްރާއީލުގެ މި ޓީވީ ބުނާގޮތުގައި ރަފަޙުގައި ޢަސްކަރީ ޢަމަލުތަކެއް ހިންގަން އިސްރާއީލު ތައްޔާރުވެފައިވާ ކަމަށް އިސްރާއީލުން މިހާރު ވަނީ އެމެރިކާއަށާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އަންގައިފައެވެ. 

ޣައްޒާގެ އުތުރު ސަރަޙައްދުން ބޭލި މީހުން ރަފަޙަށް ޖަމާވުމުގެ ސަބަބުން ރަފަޙު ސަހަރުގައި މި ވަގުތު 1.3 މިލިއަން މީހުން އުޅެއެވެ.

މި ޓީވީ ބުނާގޮތުގައި މި ކަމާ ގުޅިގެން މިޞްރުން ވަނީ އިސްރާއީލަށް އިންޒާރެއް ދީފައެވެ. މިޞްރު ބުނާގޮތުގައި އިސްރާއީލުން ރަފަޙަށް އަރައިފިނަމަ ޞުލްޙަޔާބެހޭ މުޢާހަދާއަށް ޢަމަލުކުރުން މިޞްރުން ހުއްޓައިލާނެއެވެ. 

ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މިޞްރުން ޙަމާސަށް ވެސް ވަނީ އިންޒާރެއް ދީފައެވެ. މިޞްރު ބުނާގޮތުގައި ދެ ހަފުތާގެ ތެރޭގައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އެއްބަސްވުމަކާ ހަމައަށް ނުގޮސްފިނަމަ އިސްރާއީލުން ޣައްޒާއަށް އެއްގަމުމަގުން އަރައި ޢަސްކަރީ ޙަރަކާތްތައް ހިންގުމަށް ދޫކޮށްލާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *