Support Us

ބަންގްލަދޭޝްގައި އިންޑިޔާ އައުޓް ޙަރަކާތެއް ފަށައިފި

މި ހުސްވި މަހު ބަންގްލަދޭޝްގައި ބޭއްވި ޢާންމު އިންތިޚާބު ހަތަރު ވަނަ ފަހަރަށް ބޮޑުވަޒީރު ޝައިޚު ޙަސީނާ ކާމިޔާބު ކުރެއްވުމާ ވިދިގެން ބަންގްލަދޭޝްގައި އިންޑިޔާ އައުޓް ޙަރަކާތެއް ފަށައިފިއެވެ.

މި އިންތިޚާބު ވަރަށް ފަސޭހަކަމާއެކު ޙަސީނާއަށް ކާމިޔާބު ކުރެއްވުނީ އިދިކޮޅު ޕާޓީތަކުން މި އިންތިޚާބު ބޮއިކަޓް ކުރީމާ ކަމަށް ޖަޒީރާއިން ބުނެއެވެ. އިދިކޮޅުން ބުނާގޮތުގައި އިންޑިޔާއިން އިސްކަންދެނީ ބަންގްލަދޭޝް މިހާރުގެ ޙާލަތުގައި ދެމެހެއްޓުމަށެވެ. މިހެންވެ އިންޑިޔާއިން ޙަސީނާއަށް ތާއީދުކޮށް ވާގިވެރިވަނީއެވެ. 

މި ޙަރަކާތުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝް ސަރުކާރުގެ ފިއްތުންތަކާ ހެދި ފިއްލަވައިގެން ބޭރަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ސިޔާސީ ބޭފުޅެއް ކަމުގައިވާ ޕިނާކީ ބައްޓަޗަރިޔާއެވެ. މީސްމީޑިޔާގައި އޭނާ ފަށްޓަވައިފައިވާ މި ޙަރަކާތުން ތުހްމަތު ކުރާ ގޮތުގައި ޝައިޚް ޙަސީނާ ވެރިކަމުގައި ދަމަހައްޓަން ވެގެން އިންޑިޔާއިން ވަނީ އެންމެ ފަހުގެ އިންތިޚާބުގެ ކަންތައްތަކުގެ ތެރެއަށް އަތް ބާނައިފައެވެ. އޭނާގެ މީސްމީޑިޔާ މަންސާގައި ދެ މިލިޔަނަށްވުރެ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. ބައްޓަޗަރިޔާގެ މި ޙަރަކާތް ފަށްޓަވައިފައިވަނީ މި ހުސްވި ޖަނަވަރީމަހުގެ މެދުތެރޭގައެވެ. އޭނާގެ މި ޙަމަލާގައި ބަންގްލަދޭޝް މީހުންނަށް ގޮވައިލައްވަނީ ވަޠަން ދެކެ ލޯބިވުމަށާއި  ވަޠަނަށް ޚިޔާނަތްތެރިވާ މީހުން އެއްފަރާތަށް ލުމަށެވެ. އޭނާގެ މި ގޮވައިލެއްވުންތަކުގެ ސަބަބުން އެތައް ހާސް ބައެއްގައި ހިތްތަކުގައި ވަނީ ވަޠަނީ ޖަޒްބާތުތައް ކެކިއުތުރެން ފަށައިފައެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި މި ގޮވައިލުންތަކާ ވިދިގެން ބަންގްލަދޭޝްގައި ބައެއް މީހުން ދަނީ އިންޑިޔާއިން އެތެރެކުރާ މުދާ ބޮއިކަޓް ކުރަމުންނެވެ. ބައެއް ފިހާރަތަކުގެ ސޭޓުން ބުނާގޮތުގައި އިންޑިޔާގެ މެރިކޯ ކުންފުނިން އުފައްދާ ބައެއް މުދާތައް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕަންތަޕާތު ސަރަޙައްދުގައި އެއްވެސް ގޮތަކަށް ނުވިކެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *