Support Us

"އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން"ގައި 80،000ރ.ގެ ގިފްޓް ވައުޗަރު

އަށްޑިހަ ހާސް ރުފިޔާގެ ގިފްޓް ވައުޗަރު ހިމެނޭ "އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން" ބާާޒާރު މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އަންނަ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ މި ބާޒާރު ކުރިއަށްދާނީ އަމީނީމަގުގައި ހުންނަ އެސްޓީއޯގެ މަކީޓާ ޝޯރޫމާއި އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް (ނިޕޯން ޝޯރޫމް) އަދި ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ ފިހާރައިގައި ކަމަށެވެ.

މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގައި ވިއްކާ ޕްރޮޑަކްޓްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މި ބާޒާރުގައި ކުރާ ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޫޕަން ލިބޭ ފަަރާތްތަކުގެ މެދުގައި ރޯދަމަސް ނިމުމުން ގުރުއަތުލުން އޮންނާނެ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ބާާާޒާރުގައި ގުރުއަތުން އެއް ވަނައަށް ދާ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި ގުރުއަތުން ނެގޭ އިތުރު ހަ ފަރާތަކަށް 5،000ރ.ގެ މުދާ އެސްްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ އައުޓްލެޓްތަކުން ގަނެވޭނެ އެވެ. އޭގެތެރޭގައި ސިމެންތި، ހިލަ، ހިލަވެލި އަދި ނިޕޯން ޕެއިންޓް ފަދަ އާއްމުކޮށް ކޮންސްޓްރަކްޝަންގައި ބޭނުންކުރާ ތަކެތި ނަސީބުވެރި ހަ ފަރާތަށް ގަނެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

ނިޕޯން ޕެއިންޓަކީ ސިންގަޕޫރުގެ ނަމްބަރ ވަން ޕެއިންޓް ބްރޭޑް ކަމުގައިވާއިރު އެސްޓީއޯއަކީ ނިޕޯން އަދި މަކީޓާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބުޓާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *