Support Us

އެމް.ޕީ.އެލްގެ މުވައްޒަފުން އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ލޭ ހަދިޔާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ މުވައްޒަފުން އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް މިއަދު ލޭ ހަދިޔާކޮށްފިއެވެ.

އައިޖީއެމްއެޗާ ގުޅިގެން މާލޭ ނޯތު ހާބަރުގައި މިއަދު ކުރިއަށް ގެންދިޔަ "ބްލަޑް ޑްރައިވް"ގައި އެމް.ޕީ.އެލްގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެ، އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ވަނީ ލޭ ހަދިޔާކޮށްފައެވެ.

"މިފަދަ ހަރަކާތްތަކަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރި ކުރުވައި، މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކޮށް އަދި މުޖުތަމުއަށް ފައިދާ ހުރި ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މި ކުންފުނިން ބާއްވާ ހަރަކާތްތަކެއް،" އެމް.ޕީ.އެލްގެ ބަޔާނެއްގައިވެއެވެ.

"އެމް.ޕީ.އެލް އިން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވައިފައެވެ. އަދި ލޭ ހަދިޔާކުރުމަށް ބާއްވާ ހަރަކާތްތަކަކީ މި ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ."