Support Us

އެމެރިކާއިން ބަދަލުހިފުމުގެ ޙަމަލާތަކެއް ސޫރިއަށާއި ޢިރާޤަށް ދީފި

އުރްދުންގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބޭހަށް ދިން ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާއިން ރޭ ޢިރާޤަށާއި ސޫރިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާ ބުނާގޮތުގައި އެމެރިކާއިން ހަތް އަމާޒަކަށް ދިން ޙަމަލާގައި 85 ތަނެއް ހިމެނެއެވެ. މި ޙަމަލާތަކުގެ ސަބަބުން އީރާނަށް ތާއީދު ކުރާ މިލީޝިޔާ ބާރުތަކުގެ 28 ޢުންޞުރެއް ޒަޚަމު ނުވަތަ މަރުވިއެވެ. އެމެރިކާ ބުނާގޮތުގައި މިއީ ބައި ގަޑިއިރުގެ ޙަމަލާތަކެކެވެ.

ވައިޓްހައުސްއިން ރޭ ހާމަކުރިގޮތުގައި މި ޙަމަލާގައި 125 އުންޑަ ބޭނުންކުރެވުނެވެ. މި ޙަމަލާގައި ހިމެނެނުނީ ސޫރިޔާގެ ހަތަރު އަމާޒަކާއި ޢިރާޤުގެ ތިން އަމާޒެކެވެ. ވައިޓްހައުސް ބުނާގޮތުގައި  މިއީ އުރްދުންގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބޭހަށް ޙަމަލާދީ އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލާ 40 މީހުން ޒަޚަމުކޮށްލުމަށް ހިފި ބަދަލުހިފުމެކެވެ.

ޢިރާޤުގެ ދާޚިލިއްޔާއާ ޙަވާލާދީ ފްރާންސް ޕްރެސް ބުނާގޮތުގައި  އެމެރިކާއިން ޙަމަލާދީފައި ވަނީ ހަތިޔާރު ގުދަންތަކަށެވެ. މި ވުޒާރާގެ މަސްއޫލުވެރިއާ ވިދާޅުވިގޮތުގައި އެމެރިކާގެ ޙަމަލާގެ ސަބަބުން ޢާންމުންގެ އަށް މީހުން ޒަޚަމުވިއެވެ.

ޢިރާޤުގެ މި މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ޙަމަލާދިން ޢިރާޤުގެ އަމާޒުތަކަކީ އަލްޤާއިމު ސަރަޙައްދާއި ޢައްކާޝާތު ސަރަޙައްދާއި އަންބާރާ ސަރަޙައްދެވެ.

ސޫރިޔާގެ އިންސާނީ ޙައްޤުތަކާ ބެހޭ މޮނިޓަރު ބުނިގޮތުގައި ސޫރިޔާގެ ލަނޑުދަނޑިތަކަށް ދިން ޙަމަލާގެ ސަބަބުން 18 މީހުން މަރުވިއެވެ. 

ސޫރިޔާއާއި ޢިރާޤުގައި ތިބޭ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ތަންތަނަށް މި ދިޔަ އޮކްޓޫބަރު މަހުގެ ފަހު ފަނަރައިން ފެށިގެން މިހާތަނަށް 165 ޙަމަލާ ދީފައިވެއެވެ. މި ޙަމަލާތައް ދީފައި ވަނީ އީރާނަށް ތާއީދު ކުރާ ޢިރާޤުގެ އިސްލާމީ މިލީޝިޔާ ބާރުތަކުންނެވެ.

ވައިޓްހައުސްއިން މިއަދު ބުނިގޮތުގައި އެމެރިކާ ސިފައިން މިއަދު ޔަމަނުގެ ޙޫސީ ބާރުތަކަށް ވެސް ޙަމަލާދޭނެއެވެ. އެމެރިކާގެ ޙަމަލާތައް ދެމުންދާނީ ފިޔަވަހިކޮށް މަޑުމަޑުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *