Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބިނާކުރާ "ވިނަރެސް" މަޝްރޫއުގެ ފްލެޓްތައް

ވިނަރެސް ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާއިން 4,200 ރުފިޔާ ކަނޑާލައިފި

ހުޅުލާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަގުން އެވްރެޖްކޮށް 4،200ރ. ކަނޑާލައިފި އެވެ.

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށް އެ ފެލްޓްތައް ގަނެފައިވާ ފަރާތްތަކުގެ އެދުމުގެ މަތިން އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން އެކަން ވަނީ ހަފްތާ 14 ކަނޑައަޅުއްވާފައެވެ.

އެޗްޑީސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ14ގައިވާ ގޮތަށް ވިނަރެސް ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން "ލީސްޓް ޓު އޯން މޮޑެލްގެ" އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ކުޑަކޮށް، ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުރެވުނު 50 ޕަސެންޓް ޕްލެޓްގެ އަގުން ވެސް އުނިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން ފްލެޓްގެ ޑައުންޕޭމަންޓް ދެއްކުމަށް ދީފައިވާ މުއްދަތު ތިން މަސް ދުވަހުގެ ބަދަލުގައި ހަ މަސް ދުވަހަށް އިތުރު ކޮށްދީފައިވެ އެވެ.

"ހަ ޕަސެންޓް އިންޓަރެސްޓް ރޭޓްގައި (ވިނަރެސް) ފްލެޓަށް ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަކުރެވިފައިވޭ. އަދި މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެކޭ ޑިސްކައުންޓެއް،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ވިނަރެސް މަޝްރޫއިން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލައަށް ފްލެޓްގެ ފައިސާ އެއްކޮށް ދައްކާ ފަރާތްތަކަށް ވެސް މި ލުއިތައް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން ބޭންކްއެއް މެދުވެރިކޮށް ނުވަަތަ އަމިއްލައަށް ފްލެޓްތަކަށް އެއްފަހަރާ އަގު ދައްކާފައިިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އެޗްޑީސީން އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފެލްޓްގެ ޑައުންޕޭމަންޓްގެ 50 ޕަސެންޓްގެ އަގުން އުނިކުރި އިރު، އެ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށް ލިބެންޖެހޭ ފައިސާ އެ ފަރާތްތަކަށް އަނބުރާ ދިނުމުގެ ހަމަޖެހިފަ އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ 13 ބުރީގެ 10 ޓަވަރުގެ މި ވިނަރެސް މަޝްރޫއަކީ އެޗްޑީސީން ފުރަތަމަ ފަހަރަށް މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެވެ.