Support Us

ފޭސް އެކެއްގެ ހުރިހާ ފްލެޓެއްގެ ކުލިން 20 ޕަސަންޓް މިއަދުން ފެށިގެން ކެނޑިގެންދާނެ: އެޗްޑީސީ

ހުޅުމާލޭގެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކަށް ކޮންމެ މަހަކު ވެސް ދައްކަން ޖެހޭ ކުލިން 20 ޕަސެންްޓް މިއަދުން ފެށިގެން ކެނޑިގެންދާނެ ކަަމަށް އެޗްޑީސީން ބުނެފި އެވެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ވަންގައި ކުރީގެ ސަރުކާރުތަކުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ދެއްކުުމުގައި ލުއި ގޮތްތަކެއް ހޯދައިދެއްވުމަކީ ރަައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ14 ކަނޑައަޅުއްވާފައިވާ ކަމެކެވެ.

އެގޮތުން އެ ފްލެޓްތަކަށް އަރައިފައިވާ ޖުރިމަނާ ސަރުކާރުން މައާފްކޮށްދެއްވުމުގެ އިތުރުން މަހު ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

އެޗްޑީސީން ބުނީ ރައީސް ޑރ. މުއިއްޒުގެ އެ ވައުދުފުޅާ އެއްގޮތަށް މިއަދުން ފެށިގެން އެ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލިން 20 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނީ މެއިންޓަނަންސް ނުވަތަ މެނޭޖްމަންޓް ފީ ނުލައި ކޮންމެ މަހަކު އިންސްޓޯލްމަންޓަށް ދައްކަންޖެހޭ އަދަދުން ކަމަށެވެ.

ސަރުކާރުން މި ލުއި ދިނީ މިވަގުތު ރާއްޖޭގެ އިގުތިސާދީ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް ހީނަރުވެފައިވާތީ ރައްޔިތުންގެ އަތްމަތިދަތިވެ އާމްދަނީ ކުޑަވެފައިވާތީ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރުން ދެން އެ 20 ޕަސެންޓް މެނޭޖްކުރާނީ، ގިނައީ ދެ ގައުމު ދޭތެރޭގައި ހެދިފައި ހުރި އެގްރީމަންޓުތަކުން ދައްކަން ހުރި ލޯންތައް ފޭސް އެކެއްގަ ހުރި ފްލެޓްތަކުގައި. އެހެންވެ އެކަން އަޅުގަނޑުމެން ކުރާނަން، އެކަމާ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެޗްޑީސީން ބުނީ އެކުންފުންޏަކީ އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *