Support Us

ހަތަރު ވަނަ ކުއާޓަރުގައި އެސްޓީއޯގެ ޖުމްލަ އާމްދަނީ 4 ބިލިއަން ރުފިޔާއަށް

އެސްޓީއޯއަށް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން ނެެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ހަަަތަރު ވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެ އަދަދަކީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ދަށްވުމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ "ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން އަންނަ ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން" ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވުމާއި އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި ރަނގަޅުވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ އިމްޕެއާމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާ އެކު މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ އަހަރާ އާޅާބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާ އެވެ. ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމުން ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީގެ އަހަރާ އަޅާބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމެެކެވެ.

އެސްޓީއޯއިން ބުނީ އެ ކުންްފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *