Support Us

ސްޓެލްކޯއިން ފެނައަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެއްޖެ

ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމަށް ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމާ ބެހޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މިއަދު ސޮއިކުރެއްވީ އެމްޑީ ހުސެއިން ފަހުމީ އެވެ. ފެނަކައިގެ ފަރާތުން، އެމްޑީ މުއާޒު މުހައްމަދު ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއިި ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދި އިންޖީނިއަރިންގެ ތަމްރީންތައް ދޭނެ ކަަމަށާއި އެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ގެންދާނީ ހިލޭ ކަމަށެެވެ.

މި ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ މުއާޒު ވިދާޅުވީ އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ކުރަމުން ގެންދަނީ ޕަންޕުތަކާއި ޖަނަރޭޓަރުތައް ސާވިސް ކުރުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 117 މިލިއަން ރުފިޔާ އެކަމަށް ހޭދަކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ސްޓެލްކޯއިން އަންނަނީ މީގެ ކުރިން ވެސް ފެނަކައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *