Support Us

އަހަރެންނަށް ޖެހުނު ޙާލު

ވިދައިލާ ތަރިތަކާ އުދުހޭ ކޮކާ މުނިޔާ މަށަށް ބުނެޔޭޭ
ނިދައިލާށޭ ބަގީޗާގައި، ކަލޭނޫން އެކަކުވެސް ނުވެޔޭ

މި ގޯތީބޮޑުކަމާ، އިންފާރުނެތި ރަށު މެދުތެރޭ އޮތުމުން
މި ގޯތިތެރޭން ހިނގާމީހުން މިރަށުގައި އަބަދުވެސް އުޅެޔޭ

އަގެއް ނުނަގައި މަށަށް މިގެޔާ މިއޮތް ބޮޑުގޯތި ދޫކޮށްފައި
މަގޭ މަންމަގެ ދުލުން ފަހުވަގުތު ބުނެލީ ހެޔޮ ބަހެއް އޮވެޔޭ

ހުރީތީ ބައްޕަ ހޭލައި ފާރަޔަށް މިގެ ދަރިފުޅަށް ލިބުނަސް
ކުރީއްސުރެ މިގެ އެދޭ މީހުން އެގޮތުގައި މިއަދުވެސް އުޅެޔޭ

****
ފަހައި ދުރުކޮށް ލެވޭނޭހޭ ފިހާރަގަނޑެއް އަޅަން ބުނުމުން
އެހައިވަރު ތަންކޮޅެއް ދީގެން މަށަށް އެބަ ލާރިއެއް ލިބެޔޭ

މިވަރު ސޭޓެއް މަށެއް ނުދެކެން، މަބުނި ހުރިހައި ކަމެއް ކޮށްދޭ
މިވަރު ގޯއްޗެއް ފުރޭވަރު ކުރެހުމެއް ފަރުމާ ކުރަން ފެށިޔޭ

މަށަށް އުޅެވޭ ގޮތަށް ސޭޓަށް ގެޔާ ގޯއްޗާ ލިބޭ ގޮތަށޭ
މަށަށް ކީއްހޭ އެހެން އޮތަކަސް، ވަރަށް ކުޑަ ކޮޓަރިއެއް ފުދެޔޭ

*****
މަގޭ ހުރިހައި ތަކެތިނެރެ، ބޭރު މަގުމައްޗަށް އުކާލާލައިފައި
މަ ބޭރުން އައި ވަގުތު އަސްތާ މަގޭ ކޮޓަރި ބަޔަކު އުޅެޔޭ

ހިލޭ މީހެއްގޮތަށް އަހަރެން ހަދާފައި ސޭޓު ބުނެލަތްޕޭ
ކަލޭވެސް ދިރިއުޅޭނެންޏާ، ގޮތެއް ހޯދަން އުޅެން ފެނެޔޭ

އެނދެއް ދީފައި ފިހާރައިގައި މަ ހެދިއޭ ނޯކަރެއްކަމުގައި
ތެދެއްމިބުނީ އެނދަށްވެސް މަސްމަހަށް އަދި ލާރިވެސް ނަގަޔޭ

*****
ކޮބާ އަހަރެން އުފަންވީތަން، ކޮބާކުޅެއުޅެ މަ ބޮޑުވީ ތަން
ކޮބާހެ މަގޭ އަމިއްލަވަޒަން، މަށަށްވާ ގެއްލި ނިމުނިއްޔޭ

ތިމާ ހޭލައި ނެތީވިއްޔާ، އަމާ ބުނިބަސް ނު އެހުނިއްޔާ
ތިމާގެ ވަޒަން ތިމާގެ އަތުން ދަމައިގަތުމެއް ލަހެއް ނުވެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *