ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯންތައް ދެެއްކުމުގައި ލުއި ގޮތްތަކެއް ޗައިނާ ސަރުކާރުން ހަަޖައްސައިދީފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންފިންގް ދެއްވި ދައުވަތަކަށް އެގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް އެ ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯންތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަަމަޖައްސަވައިދެއްވަވަން ޗައިނާގެ ރައީސް ޝީ ނިންމެވީ ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ބައްދަލުވުމުގައި ކަމަށެވެ.
އެގޮތުން ރާއްޖެއިން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ހުރި ލޯން ފައިސާ އެ މުއްދަތުގެ ތެރޭގައި ދެއްކުމުގެ ބަދަލުގައި ވީހާވެސް ގްރޭސް ޕީރިއަޑް ދިގު ދައްމައިލައިގެން އެ ކަންކަން ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ޗައިނާގެ ފަންނީ ޓީމެއް ރާއްޖެ ފޮނުވުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުގައި ރައީސް ޝީ އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް ވަަރަށް ބޮޑު ލުއިތަކެއް ލިބިގެން އެބަދޭ ލޯންތައް ދެއްކުމުގައި ވެސް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ގުޅުމަކީ ޒަމާނުއްސުރެ އޮންނަ ގުޅުމެއް ކަމަށާއި ޗައިނާ އަކީ ރާއްޖެއަށް އިހުތިރާމް ކުރާ ގައުމެއް ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާ ބޮޑު ގައުމަކަށްވެފައި ރާއްޖެ ކުޑަ ގައުމަކަށް ވެގެން ޗައިނާއިން އެ ތަފާތު ނުދެކޭ ކަމަށް ވިދާޅުވި އެވެ. އަ
"އެއް ގައުމާއި އަނެއް ގައުމާ ކައިރީގައި އޮތް ގައުމަކަށް ވުމަކުން އަދި ދުރުގައި އޮތް ގައުމަކަށް ވުމަކުން ސައިޒު ތަފާތު ކުރެވިގެން ނުވާނެ. ބޮޑު ގައުމުން ކުޑަ ގައުމަށް ތަފާތުކޮށް ހިތައިގެން ނުވާނެކަން، އެ އުސޫލު އޮވޭ" ޗައިނާއާ ގާތް ގުޅުން ދެމިއޮންނަ އަސާސްތައް ވިދާޅުވެދެއްވަމުން ރައީސް ހާމަކުރައްވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ "ވަން ޗައިނާ" ޕޮލިސީ ރާއްޖެއިން ގަބޫލްކުރާ ފަދައިން ޗައިނާއިން ރާއްޖޭގެ ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހި ރާއްޖެ، ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ، މި ކަނޑަކީ މިކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމާ ޗައިނާއިން ނުބެހޭނެ ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެނިގެންދިޔައީ ވަކި ގައުމަކުން އެންގުުުމުން ނޫނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް ނުއިށީނދެވޭ މަންޒަރު ކަމަށެވެ.
ޗައިނާ ފަދައިން ރާއްޖެއާ އެކު މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ގުޅުން ގާއިމްކުރުމަށް ބޭނުންވާ ހުރިހާ ގައުމަކާ އެކު ގާތް ގުޅުން ބާއްވަވާނެެ ކަމަށް ރައީސް ވިދާޅުވި އެވެ.



advertisment