Support Us

މި ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުއް ބަސްތާއެއް ސަރުކާރުން ދެނީ

މިއަހަރުގެ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ޗައިނާގެ ރައީސް ޝީ ޖިންފިންގް ދެއްވި ދައުވަތަކަށް އެގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް އެ ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ރޯދަ މަހު ކޮންމެ ގެއަަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

"އޭގެ އިތުރު ކަންތައްތައް ވެސް ވާނެ، އަދި މި އަންނަ އަހަރު އެއަށްވުރެ ވެސް އިތުރުވެގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ޒަމާނުއްސުރެ ރާއްޖެއިން ވަކި ގައުމަކަށް ބަރޯސާވެގެން އޮންނަ އޮތުން ނިމުމަކަށް ގެންނެވުމެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް، ފިޔާ، އަލުވި އަދި ބިސް ފަދަ ބައެއް މުހިންމު ކާބޯތަކެތި އިންޑިއާއިން ގެންނައުމަށް ބަރޯސާވެފައިވާ ނިމުމަކަށް ގެނައުމުގެ ގޮތުން ތުރުކީ އާއި އަދި އެނޫން ވެސް ގައުމުތަކުން އެތަކެތި ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށަައިފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް