...

Support Us

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

ޗައިނާއިން 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުުމަށް ހަމަޖައްސައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންފިންގް ދެއްވި ދައުވަތަކަށް އެގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް އެ ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖައްސައިފައިވާ 130 މިލިއަން ޑޮލަރުގެ އެހީއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ދޭ އެހީކަމަށެވެ.

"ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ އެއީ ގާތްގަނޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި. ރާއްޖޭގައި އަޅުގަނޑުމެން ކަނޑައަޅާ ތަަރައްގީގެ އެކި ކަންކަމާއި މަޝްރޫއުތަކަށް ހޭދަކުރަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާއިން ލިބޭ ހިލޭ އެހީގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށާއި އޭގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް ގާއިމްކުރުމުގެ ގޮތުން އެކަމާ ބެހޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައިވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލެ އަކީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާއިރު ރަސްމާލެ ތަރައްގީކުރުމަށް ބޭނުންވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު މިިިިި ސަރުކާރުން ބާރު ސްޕީޑްގައި ގެންދަނީ ކުރަމުންނެވެ.

ރަސްމާލެ ތަރައްގީ ކުރުމުގައި މި ސަރުކާރުގެ އަމާޒަކީ އެތަނުގައި 65،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *