Support Us

ދުބާއީ އަދި ތައިލޭންޑުން އާސަންދަ ލިބޭ ގޮތް ހަމަޖައްްސާނަން: ރައީސް ޑރ. މުއިއްޒު

އާސަަންދައިގެ ސްކީމްގެ ދަށުން ބޭސް ފަރުވާ ކުރުމަށް ދުބާއީ އަދި ތައިލޭންޑަށް ދެވޭ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންފިންގް ދެއްވި ދައުވަތަކަށް އެގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް އެ ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އާސަންދައަކީ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ އެއްޗެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން އެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ބޭނުން ކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދުބާއީއާއި ތައިލެންޑުން އެ ހިދުމަތް ހަމަޖައްސާއިރު އެކޮޮމޮޑޭޝަން ހަރަދު އޭގައި ހިމެނިގެން ދާނެ ކަމަށެެވެ.

ރާއްޖޭގެ ހެލްތް ފެސިލިޓީ ތަރައްގީވަންދެން މިހާރު ދިވެހިން ދާ ގައުމުތަަކަށްވުރެ ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީޒްތަކަށް، ދުބާއީ އަދި ބޭންކޮކްގެ ފެންވަރު ރަނގަޅު ހޮސްޕިޓާތަކުން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އާސަަންދައިގެ ދަށުން ގިނަ ދިވެހިން ރާއްޖޭއިން ބޭރަށް ބޭސް ފަރުވާއަށް މިހާރު އެންމެ ގިނައިން ދަނީ އިންޑިއާގެ ކޮޗިން އަދި ޓްރެވިންރަމަށެވެެ. އޭގެ ސަބަބުން އެ ގައުމަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *