ވަަމާތޯއޭ ދިވެހި ގައުމުގެ ދިފާއަށް ޖާނުދޭ ބަޔަކަށް
ސަމާލުވެ ހޭވެރިވެ ތިބެގެން މިގައުމުގެ ފާރަވެރި ބަޔަކަށް
ދިވެހިގައުމުގެ ގަދަރު އުފުލާ އަމަނު ގައުމުގެ ތެރޭ ފަތުރާ
ރިވެތި ޚުލުޤުން ޖަރީވެ ތިބޭ ރަނގަޅު އަޚުލާޤު ހުރި ބަޔަކަށް
ގަވާއިދުތައް އުސޫލުތަކާ ނުމުގުރައި އޭގެ އިމުގައި ތިބި
ހަވާނަފުސުގެ ދަލުގެ މަޅިޔަކު ނުޖެހިތިބެ ދިރިއުޅޭ ބަޔަކަށް
ފަހުގެ މާތް ދީންކަމަށްވީ މާތްވި އިސްލާމް ދީނުގައި ތިބުމުން
އަޚުންގެ ގުޅުންތަކުން ގުޅިގެން ނުހަނު ހެޔޮ ކުލުނުވެރި ބަޔަކަށް
ސިޔާސީ ދަނޑުމަތީގައިވެސް ރިވެތި ޚުލުޤީ ނަމޫނާއިން
ހިޔާ އެޅުމުން ދިވެހި ގައުމުން ފަޚުރުވެރިވާނެ މާތް ބަޔަކަށް
މަގާމެއް ދައުލަތުގެ އެއްވެސް ޙަވާލުވެ ހުރެ ފުރާ ހިނދުގައި
އަގާ ހުރުމަތް މަގާމުގެ ދަނެ އަދާކޮށް ދީހަދާ ބަޔަކަށް
ބޮލުގެ ބޭނުން ހިފޭންއޮތް އެންމެ ހެޔޮގޮތުގައި ހިފައިގެން ތިބެ
ލޮލުގެ ބެލުމުގެ ދަށުން ގައުމުގެ ދަރީން ފޭކޮށް ނުލާ ބަޔަކަށް
އެހެން ދީންތަކުގެ މީހުންނަށް ނަމޫނާވެރި ބައެއް ކަމުގައި
އެހެން މީހުންގެ ތާރީފާ ރިވެތި ބަސްތައް އޮހޭ ބަޔަކަށް



advertisment