Support Us

ޤައުމުގެ ތިއީ ފުރާނައޭ، ޢިލްމަށް ވި ޖަވާހިރޭ

ހުރިހާ ކަމެއް ދިރިގެން ދަނީ ވީމާ ތިބާ ތީ ފަންވަރެއް
ހުރިނަމަ ގޮތެއް ބިމުގައި ވަނީ ވީމާ ތިބާ ތީ ހައިބަތެއް

ރަންވަނަތަކާއި ތަޢުރީފުތައް ދިވެހިން އެތައް ރޮނގަކުން ގެނޭ
ރަންފަދަ ވެދާ މިނަމެއް ވަނީ ވީތީ ތިބާ ތީ ރަންކޮޅެއް

އަގުހުރި އެތައް ޤައުމީ ދަރިން މި ބިމުން ފެނޭ އެކި ޚިދުމަތުން
އަގުކޮށް ގުނޭ ޝަޚުސުން ވަނީ ވީމާ ތިބާ ތީ ރިހިކޮޅެއް

ޢިލްމާ ހުނަރު ލިބިދިޔަ ގޮތޭ އުމްރާނުގައި ފެންނަން ހުރީ
ޙިލްމުގެ މަގުން ދިވެހިން ތިބީ ވީމާ ތިބާ ތި ހުނދަންބަރެއް

ދީން ހެޔޮ މަގުން ސުންނަތް ފަރުޟު ދަސްކޮށްއުޅޭ ދަރަޖައިގެހުރި
ދީންވެރި ދަރިން ތިލަވީ ފުށުން ވީމާ ތިބާ ތީ އަލިމަހެއް

އެދުރުގެ ހިނގައި އިސްކޫލު ދިރި ކޮލެޖަށް ފަހުން ޔުނިވާސިޓީ
އެދުމާ އެކީ އައި އަސްލަކީ ވީމާ ތިބާ ތީ ރަންމުތެއް

ޖެހިދާހިނދުން ކަންބޮޑުވުމެއް ފަރުވާއަކަށް ވާނޭ އެތައް
ވެހި ދަރި މިވާ ދިރިގޮސްފިއޭ ވީމާ ތިއީ ތަ ވަހަރުގަނޑެއް

މިނިވަންކަމަށް އައްޑަނައަކަށް މި ކަރާމަތަށް ވި ހިމާޔަތަށް
ދިނިގެން އައީ ވެހި ބަޠަލުނޭ ވީމާ ތިއީ މާ ކޮހި ނުރެއް

ކުޑަކުޑަ މިވެހި ކުދި ރަށްރަށުން ކަރަ ކަރަތަކަށް  ބޭނުންހިފޭ
އުޑުދަށު ވަނީ ޢިލްމީ ވެރިން ވީމާ ތިއީ "ޕިންކް ލެގަސިއެއް"

ވަޠަނަށް ދިރުން އައިސްފައިވަނީ ޢިލްމީ ރޮނގުން ބޭސްވެރި ރޮނގުން
ވަޠަނުގެ ރަހައިން މިވެހީ ގޮތުން ވީމާ ތިބާ ތި ފުރާނައެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *