Support Us

ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީތައް މި ހަފުތާގައި ހަވާލުކުރަން ފަށާނެ: ރައީސް ޑރ. މުއިއްޒު

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުލިބޭ ފަރާތްތަކަށް މިހަފްތާގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ރަސްމީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަންތައްތައް ހިނގާނެ ކަމަށެވެ.

"މި ހަފްތާ އާއި މިއަންނަ ހަފްތާގެ ތެރޭގައި ރެޖިސްޓްރީތައް ހަވާލުކޮށް ނިންމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކައި ހުރި ތަންތަންކަން ފާހަގަކުރައްވާ ޢެތަންތަން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން ގޯތި ދިނުމަށް ނިންމާ ހިއްކަން ފަށާފައިވާ ގުޅީ ފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އިތުރަށް ފުޅާކުރައްވާފަ އެވެ. އެގޮތުން ގުޅީފަޅަށް 85 ހެކްޓަރު އަދި ގިރާވަރުފަޅަށް 50 ހެކްޓަރު އިތުރަށް ހިއްކަން މިސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އަދި މިސަރުކާރުގެ ހަފުތާ14 ގައި ވެސް ކަނޑައަޅައި ހިއްކަން ފަށާފައިވާ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުކުރުމަށް ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން ރަސްމާލޭގެ ގޮތުގައި ތަރައްގީކުރުމަށް މިސަރުކާރުން ހަމަޖައްސާފައިވަނީ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭ  ގޮތަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތުހަމަވާ 13،000 މީހުންގެ ތެރެއިން ހުޅުމާލެއިން ދޫކުރުމަށް ހަމަޖައްސާާފައިވާ 4000 ފްލެޓް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ގިނަ ބަޔަކު ވަނީ އެމައްސަަލަ އޭސީސީ އަށް ހުށަހަޅާއިފަ އެވެ. އޭސީސީން އެ މައްސަލަ ބަލަމުން ގެންދާއިރު އެ ފްލެޓްތައް ދޫކުރުން އޭސީސީން ވަނީ ހުއްޓުވާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *