Support Us

ޒަކާތު ހައުސްގެ ނަމުގައި އާ އިދާރާއެއް އިފްތިތާހުކޮށްފި

ޒަކާތާ ބެހޭ އެންމެހައި ކަންކަން އެއްތަނަކުން ބަލަހައްޓައި ޒަކާތުގެ ފައިސާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތު ހައުސްގެ ނަމުގައި އުފެއްދި އިދާރާ އިފްތިތާހުކޮށްދެއްވައިފި އެވެ.

ޒަކާތުގެ ހައުސް އިފްތިތާހު ކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ޒަކާތު ހައުސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް އެފެއަރޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި އަދި އިސްލާމީ ކަންކަން ބަލަހައްޓާ ވުޒާރާގެ ތާރީހުގައި ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި ރުކުނެއް ކަމުގައިވާ ޒަކާތުގެ ރުކުން މަތިވެރިކޮށް ނެގެހެއްޓުމުގެ ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެން ދިޔަ ދުވަހެއް ކަމަށެވެ.

ޝަހީމް ވާހަކަފުޅުގައި ޒަކާތުގެ ކަންކަން މަތިވެރިކޮށް މިފަދަ މުހިންމު ފިޔަަވަޅެއް އަޅުއްވާ ޒަކާތުގެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސެވުމަށްޓަކައި ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވިކަމަށްޓަަކައި ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި ރައީސްގެ މަގާމު އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެބޭފުޅެއްގެ ރިޔާސީ މެނިފެސްޓޯގައި ޒަކާތުގެ ވާހަކަ ލިޔުއްވާ އެކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސް އަކީ ރައީސް ޑރ. މުއިއްޒު،" ޝަހީމް ވިދާޅުވި އެވެ.

ޒަކާތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝަހީމު ވިދާޅުވީ ޒަކާތަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި މަގާމެއް ދީފައިވާ ރުކުނެއް ކަމަށެވެެ. އެގޮތުން ކީރިތި ގުރުއާނުގައި އެތައް މަގާމެއްގައި ޒަކާތުގެ ވާހަަކަ ބަޔާންކުރައްވާފައިވާއިރު މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުން އެމީހުންނަކީ އެއީ ޣައިބަށް އީމާންވާ މީހުން ކަމަށާއި އެމީހުންނަކީ ނަމާދު ގާއިމްކުރާ މީހުންކަމާއި އެމީހުންނަކީ އެއީ އެމީހުންނަށް މާތްﷲ ދެއްވި ތަކެތިން ހޭދަކުރާ މީހުން ކަމުގައި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާކަން ފާހަަގަކުރެއްވި އެވެ. އަދި މާތްﷲ ނަސްރު ދެއްވާ ވެރިންގެ ވާހަކަ ބަޔާންކުރައްވަމުން އެ ވެރިންނަކީ ޒަކާތުގެ ހުކުމްތައް ނަގަހައްޓާ ވެރިންގެ ގޮތުގައި ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

ޒަކާތުގެ މަތިވެރިކަން ކީރިތި ގުރުއާނުގެ އަޔާތްތަކުން އެނގިގެންދާކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ "އެތައް ނިކަމެތިންނާއި އެތައް ދަރަނިވެރިންނާއި އެތައް ހާލުގައި ޖެހިފައިވާ މީހުންގެ ހައްގެއްކަންމީ މި ޒަކާތް ނެގެހެއްޓުމަށްޓަކައި މަސައްކަތްކުރާ ވެރިއަކަށް، މަސައްކަތް މުޖުތަމައަކަށް، މަސައްކަތްކުރާ ބަޔަކަށް އެއީ މާތްﷲ ނުހަނު މަތިވެރި ނަސްރާއި ކާމިޔާބީ ދެއްވާނެ ބައެއްކަން….،" ކަމަށެެވެ.

ޝަހީމްގެ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ އެހާމެ ކުރީކޮޅު ޒަކާތަށް މިދެެއްވި މަތިވެރިކަން ވެގެންދާނީ އެމަނިކުފާނުގެ ވެރިކަމަށް މާތްﷲ ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރައްވާނެ ސަބަބަކަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *