Support Us

ހުޅުމާލޭ ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ ސަރުކާރުން މައާފްކޮށްދީފި

ހުޅުމާލޭގައި އަޅައިފައިވާ ސޯޝަލް ހައުސިން ފްލެޓްތަކަށް ކުލި ނުދެއްކިފައިވާ ފަރާތްތަކަށް ލުޔެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ14 ގައި ކަނޑައަޅައިފައިވާ ގޮތަށް މި ޑިސެމްބަރު މަހުގެ 31 އާ ހަމައަށް ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފްކޮށްދީފި އެެވެ.

އާބަންކޯއިން ބުނީ މިއަހަރުގެ ޑިސެންބަރު މަހު 31 ވަނަ ދުވަހާއި ހަމައަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދިނުމަށްފަހު ފްލެޓްތަކަށް ބާކީ ނުދެއްކި ހުރި ފަައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމެއް އެކުންފުނިން މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކާ އެކު އެކުންފުނިން ހަދާފައިވާ އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި މިބަދަލާ އެކު ފައިސާ ދެެއްކުން ލަސްވެގެން ނަގާ ޖޫރިމަނާ އަކީ "ފިސްކްޑް ޕެނަލްޓީ" އެއްގެ ގޮތުގައި ކަނޑައެޅި ކޮންމެ މަހު ދައްކަން ޖެހޭ އަދަދުގެ އެއް ޕަސެންޓް ބަދަލުވެގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

"މި ބަދަލާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުވެގެން ނުދާނެ. ޖޫރިމަނާ ނަގާ އަދަދު ދުރާލާ ދެފަރާތަަށްވެސް އެނގޭނެ،" އާބްނކޯއިން ބުނެފައިވެ އެވެ.

މީގެއިތުރުން ކުރިން ކޮންމެ އަހަރަކު ފައިސާ ނުދެއްކިގެން އަހަރަކަށް 18 އިންސައްތަ ދައްކަންޖެހޭއިރު އަލަށް ހަމަޖެހިގެންދާ އުސޫލުން މަހަކު ނަގާ އެއް ޕަސެންޓް ޖޫރިމަނާގެ ފައިސާ ޒަކާތު ފަންޑަށް ހަދިޔާކުރުމަށް އާބަންކޯއިން ވަނީ ނިންމާފަ އެވެ.

އާބަންކޯއިން ބުނީ މިގޮތަށް އެއްބަސްވުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން ނުވަތަ ދައްކަން ޖެހޭ ކުލި ނުދެއްކިގެން އެ ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ފަށާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމް އާބަންކޯގެ ހެޑް އޮފީހަށް ނުވަތަ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ އޮފީހުގެ އީމެއިލް [email protected] ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *