Support Us

ލެއްވެވުން އެދި ޖަންނަތުލް ފިރުދައުސުގައި….

ކޮން އަގެއްހެ އޮތީ މިތާ، ތިބެގެން މިތިބަ މޭފުއްޕަނީ
އޮންނަ ސުންނަތުގައި ތިމާ ވެސް މާދަމާ ދާށޭ ވަނީ

ތަޚުތުގައި އިނަކަސް މިއަދު ނިމުތެއް ނުވާނޭ ހަމަ ޔަގީން
وَخُلِقَ الْإِنسَانُ ނިކަމެތިކަން މަތީ ނޫންހޭ ވަނީ؟

كُلُّ نَفْسٍ މަރުގެ ރަހަ ދުށުމީ އެއީ ވާނޭ ކަމެއް،
ހައްލު މި ކަމަށް ހޯދުމަށް އިންސާނުނަށް ނުކުޅައްދަނީ.

އިއްޔެ އެކުވެރި އަޙުމަދޭ، މާދަން އަނެއް އިންސާނެކޭ
މިއްޔެ ކަންތައް އޮތް ގޮތީ މި ކަމަށް ބަދަލު ނާންނާނެނީ

ވަކިވުމުން އަޙުމަދު ޢަލީ މުޅި ގައުމު ވެސް ރޮއްވައިފިޔޭ
ދެކިލުމަށް ފަހު މޫނު ވެސް ބައިވެރި ޖަނާޒާގައި ވަނީ

އާދެ! ތަޢުލީމީ ވުޖޫދުގެ އެންމެ ވަރުގަދަ އެއް ތަނބޭ
ދާދި އިހަކަށް ދުވަހު ނޫންހޭ، ޚިދުމަތާ ވަކިވެސް ވަނީ

އޭދަފުއްޓާ ބާ އަތޮޅު ވެސް އޭގެ އިތުރަށް ރާއްޖެ ވެސް
ހޭދަކުރި ދިގު މުއްދަތަށް ތައުރީފުތައް އޮއްސައިލަނީ

އަބަދު ވެސް އަތޮޅަށް، ރަށަށް ޚިދުމަތް އަދާކޮށްދިނުމުގައި
އަބަދު ދެމިހުންނެވި އެ ޚާދިމު ނެތްތަނޭ އަދު ފެންނަނީ

ލެއްވެވުން އެދި ޖަންނަތުލް ފިރުދައުސުގައި އަބަދާއަބަދު
އެންމެ މަތިވެރި ޙަޟުރަތަށް އަތްތައް މިއަދު އުފުލައިލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *