Support Us

ތިނަދޫ އެމް.އައި ކޮލެޖްގެ އަންނަ އަަހަރުގެ އިންޓޭކަށް ހުޅުވާލައިފި

ގދ. ތިނަދޫގައި ހުންނަ މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމް.އައި) ކޮލެޖުގެ އަންނަ އަހަރުގެ އިންޓޭކް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމް.އައި ކޮލެޖުގެ ބްރާންޗް މެނޭޖަރު އަހުމަދު އަޝްރަފު ވިދާޅުވީ މި ޑިސެމްބަރު މަހު ހުޅުވާލި ފުރުސަތުގައި ހަތްދިޔަ އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ކޯސްތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އާއި އައިޓީ ދާއިރާގެ އިތުރުން ބައެއް އެހެން ދާއިރާތައް ހިމެނެ އެވެ. މީގެ ތެރޭގައި ތިނަދޫ ކެމްޕަހުގައި ކުރިއަށް ގެންދާ ކޯސްތަކާއި އޮންލައިން ކޯސްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ތިން ޕްރޮގްރާމް ކަމުގައިވާ ރޮބޮޓިކްސް އޮޓޮމޭޝަން ލެވެލް 1 އަދި ލެވެލް 2 އަދި ޔަންގް ލާނާރސް އިންގްލިޝް ހިމެނެ އެވެ.

މީގެ އިތުރުން އަރަބި އަދި އިނގިރޭސި ބަސް އަލަށް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދެ ކޯހެއް ވެސް ހިމަނާފައިވެ އެވެ.

އަތޮޅު ތެރޭގެ ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ތައުލީމު ހާސިލް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގދ. މަޑަވެލީގައި އެމް.އައި ކޮލެޖްގެ އައުޓްރީޗް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދެމުން ގެންދާތާ މިހާރު ހަތް އަހަރު ވަނީ ވެފަ އެވެ.

އަތޮޅުގެ އެހެން ރަށްރަށަށް ފުރުސަތު އިތުރު ކުރުމަށް ގދ. ފެރެސްމާތޮޑާގައި ވެސް ވަނީ އައުޓްރީޗް ސެންޓަރެއް ގާއިމްކޮށްފަ އެވެ. މި ސެންޓަރުގައި 50 އެއްހާ ދަރުވަރުން ތައުލީމު ހާސިލް ކުރަމުން ގެންދެއެވެ.

މި ސެންޓަރުގައި އެންމެ މަގުބޫލު ޕްރޮގްރާމަކީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ރޮބޮޓިކްސް ޕްރޮގްރާމް ކަމަށް އެމްއައި ކޮޖެޖުން މައުލޫމާތުދެ އެވެ. މި ސެންޓަރަކީ ގދ.ވާދޫ އަދި ގދ. ފިޔޯރީގައި ވެސް ދިރިއުޅޭ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނުގެ ފުރުސަތެއް ކަމަށް އެކޮލެޖުން ދެކެ އެވެ.

އެމް.އައި ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކުދިން ހަމަވެ އަންނަ ޖަނަވަރީ މަހު ފެށުމަށް ތައްޔާރުވަމުންދާ ދެ ކޯހެއް ހިމެނެ އެވެ. އެއީ ބެޗަލާސް އޮފް ޓީޗިން އާލީ ޗައިލްޑްހުޑް އަދި ބެޗަލާސް އޮފް ޓީޗިން ފްރައިމަރީއެވެ. މި ދެ ޕްރޮގްރާމުން އަދިވެސް ޖާގަ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގެ 15 ސަރަހައްދެއްގައި ގާއިމްކޮށްފައިވާ އެމް.އައި ކޮޖެލްގެ ކެމްޕަސްތަކުގައި މިވަގުތު 2،000 އެއްހާ ދަރިވަރުން ގެންދަނީ ކިޔަވަމުންނެވެ. އަދި ތިނަދޫ ކެމްޕަހުގައި މިވަގުތު 150 ކުދިން ކިޔަވަމުންދެ އެވެ.

ތިނަދޫ ކެންޕަހުގެ މި އިންޓޭކަށް ޖާގަހޯދުމަށް ހުޅުވާލާފައިވާ އެންމެ ފަހުތާރީހަކީ މި ޑިސެމްބަރު މަހުގެ އެވެ.

ތިރީގައިވާ މި ލިންކް މެދުވެރިކޮށް ކޯހަށް އޮންލައިންކޮށް ވެސް ކުރިމަތި ލެވޭނެ އެވެ.

ލިންކް

އިތުރު މައުލޫމާތު ހޯދުމަށް 9394748 ނުވަތަ 7377100 އަށް ގުޅުއްވާ.