Support Us

ފިޔާ ކިލޯއެއްގެ އަގު 20ރ. އަށްވުރެ ބޮޑު ނުކުރުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފި

ފިޔާގެ އަގު ހިފެހެއްޓުމެއް ނެތި ރާއްޖޭގެ ބާޒާރުގައި މައްޗަށްދާ މައްސަަލަ ހައްލު ކުރުމަށްޓަކައި އެސްޓީއޯއިން ރާއްޖެ ފިޔާ އެތެކޮށް ކޮންޓްރޯލް ރޭޓެއްގައި ހޯލްސޭލްކޮށް ކުރަން ފަށާފައިވާ ކަމަށާއި ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުކުރުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފި އެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓް މަހުން ފެށިގެން ފިޔާގެ އަގު އުފެލެމުން ގޮސް އޮކްޓޯބަރު މަހާއި ހަމައަށް އައިއިރު ރާއްޖޭގެ ބާޒާރަށް ވެސް އެކަމުގެ އަސަރުކޮށް ފިޔާ ބަސްތާއެއްގެ އަގު 400ރ. އަށް އުފުލިފައިވާ ކަމަށެވެ.

މިއާއެކު ރާއްޖޭގެ ބާޒާރުގައި ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ. އާއި 900ރ. އާ ދެމެދުގެ އަގަކަށް އުފުލިފައިވާތީ އެކަމުގެ ޝަކުވާ އެ ކުންފުންޏަށް ވެސް ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެސްޓޯގެ މަގުސަދަކީ އާސާސީ ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށާއި އަދި އަސާސީ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތް ކަމަށް ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާ ފަދައިން އާއްމުންގެ ކަނބޮޑުވުމަށް އެސްޓީއޯއިން މިހާރު  ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަަރު ކުުރުމަށްޓަކައި އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ފިޔާ ބޭނުންވާ މިންވަރު ދެނެގަނެ ފިޔާ އެތެެެރެ ކުރަން ފަަށައިފައިވާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

އެގޮތުން ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި 4،500 ބަސްތާ ފިޔާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯއިން އެތެރެކޮށްފައިވާ ފިޔާ އާއްމު ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ އެސްޓީއޯއިން ކަނޑައަޅާ މެކްސިމަމް އަގަށްވުރެ އަގު ބޮޑު ނުކުރުމަށް ޝަރުތުކޮށްފަ އެެވެ. އަދި "އެސްޓީއޯއިން އިލްތިމާސްކޮށްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ." އެސްޓީއީގެ ނޫސް ބަޔާނުގައިވެ އެވެ.

އެސްޓޯއިން ބުނީ އެސްޓީއޯއިން އިމްޕޯޓްކޮށްފައިވާ ފުރަތަމަ ޝިޕްމަންޓްގެ ފިޔާ ރާއްޖޭގެ ބާޒާރަށް މިހާރު ނެރެފައިވާ ކަމަށެވެ. އަދި އެސްޓީއޯގެ އަމާޒަކީ ރާއްޖޭގެ މާކެޓް ސްޓެބިލައިޒް ކުުރުން ކަމުގައިވާތީ ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވަންދެން އަދި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވެންދެން އެސްޓީއޯއިން ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ކޮށްދިނުން ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.