މަޝްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓް ކުުރުމަށްޓަކައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގް އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދުމެއް ނިންމައިފި އެވެ.
މި ކުންފުނި އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ އެކު ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.
ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވުނު މުހިންމު ކަންކަމާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ މި ކުންފުންޏަކީ 100 ފަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އުފައްދާ ކުންފުންޏެއް ކަަމަށެވެ.
މި ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަަހަރުގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
މި ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުމަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށް އެތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓްތަކަށް ނެރުމާއި އެތަކެތި ވިއްކުމަށް އިތުރު މާކެޓް ހޯދުމުގެ ބޭނުމުގައި އުފައްދާ ކުންފުންޏެކެވެ.
ރާއްޖޭގެ މަސްްވެރިން ފުޅާކޮށް އެދާއިރާ އިތުރަށް ތަރައްގީކުުރުމަށްޓަަކައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދާ ތަކެތި ޕްރިމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ރާއްޖޭއިން ބޭރުގައި އިސްތިހާރުކޮށް މާކެޓް ހޯދައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.



advertisment