Support Us

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދީފި

ހުޅުމާލޭގައި ބިނާކޮށްފައިވާ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ސަރުކާރުން ފަސްކޮށްދީފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ދެ ލޯން ދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވާފައިވަނީ އިންޓަރެސްޓް ނާރާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އެ ދެ ލޯން އަނބުރާ ދެއްކުމުގައި އިންޓަރެސްޓް ނުހިނގާ ގޮތަށް މިި ދެ ޓްރެޒަރީ ލޯން ރީޓްރަކްޗާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"މި ވައުދާ އެއްގޮތަށް މި ޓްރެޒަރީ ލޯން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާއިން ކުރައްވަމުން ގެންދަވާނެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހު އެ ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސް ކުރެވިފައި،" ފިރުޒުލް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން 2013 ވަނަ އަހަރު އަޅަން ފެށި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިމި މިހާރު ވަނީ އެތަނުގެ ތަޅުދަނޑި ފްލެޓްތަކުގެ ވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ފުލުހުންގެ ފްލެޓްތަކުގައި މިހާރު ކުރިއަށް ގެންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *