Support Us

ތެލިސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކޮށް، ހިލޭ ބޯންމެރޯ ހަދައިދެނީ

ތެލެސިމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކޮށް، އަންނަ އަހަރު ފަސް ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ މުހިންމު ކަންކަމާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒަލް އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގައި ބޯންމެރޯ ހެދުމަށް ބޭނުންވެފައި ތިބި ކުދިންނަށް ބޯންމެރޯ ހިލޭ ހެދޭނެ ގޮތެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވާއިރު މިކަމަކީ ހަފްތާ 14ގެ ތެރޭގައި ވެސް ކުުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ފުރަތަމަ ކުއްޖާ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފަސް ކުއްޖަަކަށް ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ނިންމާފައިވޭ. އެ ހިދުމަތް ދައުލަތުގެ ހަރަދު ފޯރުކޮށްދިނުމަށް ނިންމާފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ބޯންމެރޯ ހެދުމަށް މިވަގުތު ވެސް ގާތްގަނޑަކަށް 35 ކުއްޖަކު ލިސްޓްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ހުރިހާ ކުދިންނަށް ވެސް ބޯންމެރޯ ޓްރާންސްޕާންޓް ހެދޭނެ މަގު ފަހިކޮށްދިނުމަށާއި ކުރިއަށް އޮތް ތަނުގައި ބޯންމެރޯ ހެދުމަށް މެޑިކަލީ ކޮލިފައިވާ ކޮންމެ ކުއްޖަކަށް ވެސް ތެލެސީމިއާ ޓްރާންސްޕްލާންޓްގެ ހިދުމަތް ލިބޭނެ ރަނގަޅު ނިޒާމެއްގެ ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ތެލަސީމިއާ ބައްޔަށް ބޭނުންވާ ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"މި ހޮސްޕިޓަލްގެ ތެރެއިން ބޯންމެރޯ ހެދުމުގެ ހިދުމަތްތައް އޭގެ ކުރިއަށް އަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި އޭގެ ފަހަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގާއިމް ކުރުމަށް ނިންމާފައިވޭ. އަދި އެ ފަރުވާ ހޯދުމަަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަށް އަންނަ ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކަށް އެ އިންފްރާސްޓްކްޗާގެ ތެރޭގައި ހުރުމުގެ އިންތިޒާމް ހަމަޖެހޭ ގޮތަށް އެ ހޮސްޕިޓަލް ފަރުމާ ކުރުމަށް ނިންމާފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އާސަންދަ ނިޒާމުގެ ތެރެއިން އެތަކެތި ބޭސް ސިޓިއަށް ލިބޭނެ ގޮތް ހެދުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ތެލަސީމިއާ ބަލި ވާރުތަކުރޭތޯ ނޫންތޯ ބެލުމަށް 30 އިންސައްތަ މީހުން ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ހެދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އެ ޓެސްޓް ވެސް އާސަންދައިގެ ތެެރެއިން ހެދޭނެ ގޮތް ހެދުމަށް ވަަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާދޭ މި ހާއްސަ ހޮސްޕިޓަލަކީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން މާލޭ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖައްސައިފައިވާ ހޮސްޕިޓަލެެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *