Support Us

އާބަންކޯ އިން ރެހެންދި ސްކޫލްގެ ބޭރުގައި ހިޔަލެއް ހަދަނީ

ރެހެންދި ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑުކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް އާބަންކޯގެ ސީ.އެސް.އާރްގެ ދަށުން  ފަށައިފިއެވެ.

އާބަންކޯ އިން ބުނީ އެ ހިޔަލުގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް، މޫސުން ގޯސްވާ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

"އަރބަންކޯއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އަދި މި ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް މި ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ." އާބަންކޯ އިން ބުންޏެވެ.