Support Us

ހިޔާ ފްލެޓްގެ ފިނިޝިންއަށް ބަދަލެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ދެެއްވަން ވައުދުވި ދެ ލައްކަ ރުފިޔާ ލިބޭނެ: ފަޒުލް

 

ހުޅުމާލެ ހިޔާ ފްލެޓްގެ ފިނިޝިންއަށް ރައްޔިތުންގެ އަތުން ހަރަދުވި ފައިސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައިދުވެވަޑައިގެންނެވި ގޮތަށް ދެ ލައްކަ ރުފިޔާ ސަރުކާރުން އަނބުރާ ދޭނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އާބަންކޯއިން މިހެން ބުނެފައި މިވަނީ އާ ސަރުކާރުން އެ ފައިސާ ނުދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުން ގެންދަތީ އެކަމާ ރައްޔިތުން ކަންބޮޑުން ފާޅުކުރަމުން ގެންދަނިކޮށެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަމާ ހަވާލުވެވަޑައިގެން، ހިޔާ ފްލެޓް ހެދުމަށް ރައްޔިތުންގެ އަތުން ހަރަދުވި ފައިސާ އަނބުރާ ދެއްވާނެ ކަމަށެވެ. އެގޮތުން އެވްރެޖް އަގެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދެއްވާނެ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.

އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އެކްސްގައި މިރޭ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ފިނިޝިންއަށް ރައީސް ޑރ. މުއިއްޒު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ދެ ލައްކަ ރުފިޔާ "އަނބުރާ ނުުދޭން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް" ކަމަށެވެ.

"ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓް ހަދަން ހަރަދު ކުރި ފައިސާ ހިޔާ ފްލެޓްގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފަޒުލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކަކީ ފަސް ޑިޒައިނެއް ކަނޑައަޅައި ރައްޔިތުން ބޭނުންވާ ޑިޒައިނެއް ކަނޑައެޅީމަ އެ ޑިޒައިނަކަށް އެޗްޑީސީ (އާބަންކޯ) އިން ހަދައިދޭ ގޮތަށް ރޭވިފައިވާ މަޝްރޫއެކެވެ. އަދި އާބަންކޯއިން ލޯނެއް ނަގައިގެން ރައްޔިތުންނަށް އެ ފައިސާ އަނބުރާ ލިބޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ބޭންކްތަކުން ލޯން ނަގައިގެން ހިޔާ ފްލެޓްތައް ގަނެފައި އެބަހުރި ކަމަށާއި ބޭންކްތަކާ ވާހަކަ ދައްކައިގެން ރަނގަޅު ގޮތްތަކެއް އެ ފަރާތްތަކަށް ވެސް ހަދައިދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *