Support Us

ރާޖަޕަކްސަގެ އާއިލާގެ ގިނަ މެމްބަރުންތަކަކާއެކު ކެބިނެޓް އެކުލަވާލައިފި

ސްރީލަންކާގެ ރައީސް ގޯޓަބަޔާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާގެ ގިނަ މެމްބަރުންތަކަކާއެކު އެ ޤައުމުގެ އާ ކެބިނެޓް އެކުލަވާލައިފި އެވެ.

ސްރީ ލަންކާގެ މެދުތެރޭގައި އޮންނަ ކެންޑީ ސިޓީގައި އިއްޔެ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި 28 މިނިސްޓްރީއެއްގެ ވަޒީރުންނާއި 40 ސްޓޭޓް މިނިސްޓަރުން މަޤާމުގެ ހުވާ ކުރައްވައިފައި ވަނީ ރައީސް ގޯޓަބަޔާ އަދި ބޮޑުވަޒީރު މަހުންދަ ރާޖަޕަކްސަގެ ކުރިފުޅުމަތީގަ އެވެ.

މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އާއި ދޮށީ ބޭބޭފުޅު ޗަމަލް ރާޖަޕަކްސަ ހިމެނިވަޑައިގަންނަވާ ގޮތަށް އަލަށް އެކުލަވާލި ކެބިނެޓުގައި ދިފާއީ ވަޒީރުގެ މަޤާމު އަދާކުރައްވަނީ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ އެވެ. އަދި ފިނޭންސް، ދީނީ ކަންކަން، އަދި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރުކަން ދީފައިވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށެވެ.

ޗަމަލް ރަޖަޕަކްސައަށް އިރިގޭޝަން ވަޒީރުކަމުގެ އިތުރުން ދާޚިލީ ވުޒާރާގެ ދައުލަތުގެ ވަޒީރުގެ މަޤާމު ލިބިފައިވާއިރު، މަހިންދަގެ ދަރިކަލުން ނަމަލް ރަޖަޕަކްސާއަށް ދީފައި ވަނީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަމެވެ.

މި މަހު 5 ގައި ބޭއްވި ސްރީލަންކާގެ ޕާލިމަންޓްރީ އިންތިޚާބުގައި ރަޖަޕަކްސާ އާއިލާގެ އެސްއެލްޕީޕީ ޕާޓީން ވަނީ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 145 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބު ކުރި ގޮނޑިތަކާއެކު ރިޔާސީ ބާރުތައް ފުޅާކުރެއްވުމުގެ ފުރުސަތު ރައީސް ގޯޓަބަޔާއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ޤާނޫނު އަސާސަށް ގެންނާނެ ބަދަލުތަކާއި އައު ބަޖެޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *