Support Us

"ކްލެސިކް" އަށް ކަޅުހުކުރު: ކޮންމެ އެއްޗަކުން %40 ޑިސްކައުންޓް

ހިނިތުންވުމާއި ހިތްހެޔޮކަމާއެކު މެހެމާންދާރީ އަދާކުރާ ފިހާރައަކުން ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ގަމީހާއި ފަޓުލޫނާއި ޓައި، ހެޔޮ އަގެއްގައި ގަންނަން ބޭނުންހެއްޔެވެ؟ އެހެންވިއްޔާ މިއީ ރަނުގެ ފުރުސަތެކެވެ. ލަސްނުކޮށް އަވަހަށް "ކްލެސިކް" އަށް ދާށެވެ.

އަމީރު އަހުމަދުމަގު، އިސްކަންދަރު މިސްކިތުގެ އިރަށް ހުންނަ "ކްލެސިކް" އަކީ އެންމެ ޒަމާނީ ބްރޭންޑެޑް ގަމީހާއި ފަޓުލޫނާއި ޓީޝާޓާއި ޓައީ އާއި ކޯޓުގެ އިތުރުން އަންހެނުންގެ އެކި ކަހަލަ ހެދުން ވިއްކާ ފިހާރައެކެވެ. މިގޮތުން ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑެއް ކަމަށްވާ G2000 އާއި ޖިއަޑާނޯގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ ވެސް ކްލެސިކްއެވެ.

"ކްލެސިކް"ގައި މި ވަގުތު ވަނީ ވަރަށް ބޮޑު ސޭލެއް އަޅުވައިފައެވެ. "ބްލެކް ފްރައިޑޭ" ސޭލް ނަމުގައި ކުރިއަށް ގެންދާ މި ސޭލްގައި، އެ ފިހާރައިގެ ހުރިހައި އެއްޗަކުން 40 ޕަސެންޓް ޑިސްކައުންޓު ލިބެއެވެ.

"ބްލެކް ފްރައިޑޭ" ސޭލަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހު ފަހު ހުކުރު ދުވަހު ބައެއް ގައުމުތަކުގައި ބާއްވާ ސޭލެކެވެ. މި ސޭލް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ކްލެސިކްގެ މެނޭޖަރ ޔުސްރީ މަންސޫރު ބުނި ގޮތުގައި 40 ޕަސެންޓް ޑިސްކައުންޓާއެކު "ބްލެކް ފްރައިޑޭ" ސޭލް ކުރިއަށްދާނީ މިއަދާއި މާދަމާއެވެ.

ޔުސްރީ ބުނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ގަމީހާއި ފަޓުލޫނާއި އެހެނިހެން ހުރިހައި މުދަލެއް ވެސް ކްލެސިކް އިން އާންމުކޮށް ވިއްކަނީ އެކަށީގެންވާ އަގެއްގައި ކަމަށާއި މި ސޭލާއެކު 40 ޕަސަންޓް ޑިސްކައުންޓު ދިނުމުން، ވަރަށް ކުޑަ އަގެއްގައި ލިބޭނެ ކަމަށެވެ.

"މިތަނުގައި ހުންނާނީ ވަރަށް ލިމިޓެޑް ސްޓޮކް އަބަދުވެސް. އެހެންވެ، މި ސޭލްގައި ހަމަ ހުރިހައި އެއްޗެއް ވެސް 40 ޕަސަންޓް ޑިސްކައުންޓާއެކު ދޫކުރާނަން މިއަދާއި މާދަމާރޭގެ ނިޔަލަށް،" ޔުސްރީ ބުންޏެވެ. "އޮފީހަށް ދާން ލާށާއި ކެޝުއަލްކޮށް ލައި އުޅެން އެންމެ ހިތްހަމަޖެހޭ ފެންވަރުގެ ގަމީހާއި ފަޓުލޫނު މި ތަނުގައި ހުންނާނެ.. ތަފާތު ވެރައިޓީ ހުންނާނެ."