Support Us

"މަންޝާ އޮންލައިން" އާ ސްޓޮކާއެކު ރިސޯޓު މުވައްޒަފުންނަށް ޚާއްސަ ސޭލެއް

މަންޝާ މަނިކުގެ ގޮތުގައި މީގެ 33 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރަ އަށް އާ ސްޓޮކް ލިބި، ރިސޯޓުތަކުގެ މުވައްޒަފުންނަށް ޚާއްސަ ސޭލެއް ފަށައިފިއެވެ.

މަނިކު ސޭޓު މިއަދު ބުނީ އެންމެ ފޯން ކޯލަކުން، ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ "މަންޝާ އޮންލައިން"ގެ މި ފަހަރު ސޭލްގައި ރިސޯޓުތަކުގެ މުވައްޒަފުން، އެ މީހުން ރިސޯޓަށް ނުވަތަ އާއިލާއަށް ރަށަށް ފޮނުވައިލަން ބޭނުން ކޮންމެ އެއްޗެއް ވެސް، ބޯޓުފަހަރަށް ނުވަތަ ކާގޯގެ ގޮތުގައި އެއަރފްރައިޓްކޮށް ވެސް ފޮނުވޭނެ ކަމަށެވެ.

"މިފަހަރު އާ ސްޓޮކް ލިބުމުން މި ސޭލް ހާއްސަ ކޮށްލަނީ ރިސޯޓު މުވައްޒަފުންނަށް. އެންމެ ފޯން ކޯލަކުން ހުރިހައި ކަމެއް ހަމަޖެހޭނެ. ރިސޯޓަށް ވިޔަސް އަދި އާއިލާ އަށް ރަށަށް ކަމަށް ވިޔަސް،" މަނިކުސޭޓު ބުންޏެވެ. "ރިސޯޓްތަކުން ފެށިގެން ގޮސް ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ހޯލްސޭލް އަދި ރީޓެއިލްކޮށް "މަންޝާ އޮންލައިން" އިން ހިދުމަތް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ،" މަނިކު ސޭޓު ބުންޏެވެ.

"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް ފޯރުކޮށްދިނުން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ. "މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."

"ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ،" މަނިކުސޭޓު ބުންޏެވެ.

މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް ހަމަޖެހޭނެ ކަމަށެވެ.

"މަންޝާ އޮންލައިން" ފިހާރައިގެ ބައެއް މުދާތަކުގެ ފޮޓޯ ތިރީގައި މިވަނީއެވެ.



މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *