Support Us

ހަނދިމާދޫގައި އޮންނަ އެމް.އެން.ޑީ.އެފްގެ ޑޯނިއާ މަތިންދާބޯޓު ކައިރީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ 

ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިބި: ރައީސް އޮފީސް

ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުންގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒަލް އަބްދުﷲ ހަލީލް ވިދާޅުވީ މި 77 އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އިންޑިއާއާ އެކު ހެދިފައިވާ 100 އެއްހާ އެެއްބަސްވުމުގެ ދަށުން ކަމަށެެވެ.

"މިއަދަދުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނާ 100 އަށްވުރެ ގިނަ އެއްބަސްވުން ވެވިފައިވޭ މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި،" ފިރުޒަލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ މި 77 އިންޑިއާގެ ސިފައިންގެ ތެރޭގައި ހިމެނެނީ އެއް ހެލިކޮޕްޓަރު ދުއްވުމަށް ނުވަތަ ބެލެހެއްޓުމަށް 24 ސިފައިން އަދި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިން އަދި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިން ކަމަށެވެ. މިއަދަދު ތަކުގެ އިތުރުން މިތަކެތީގެ މެއިންޓެނެންސް އާއި އިންޖީނިއަރިންގެ މަސައްކަތުގައި ދެ ސިފައިންގެ މީހަކު ގާއިމްވެ އެބަ އުޅޭ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އިންޑިއާ ސިފައިންގެ 77 ސިފައިން ދިވެހި ރާއްޖޭގައި ގާއިމްވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން،" ފިރުޒުލް ވިދާޅުވި އެވެ. ފަހަރުގައި މިއަދަށް އުނި އިތުރެއް އަައި ނަމަވެސް ހަމަ ޔަގީނުން ވެސް 77 އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ވިދާޅުވި އެވެ.

ފިރުޒަލް ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ގައުމުތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކާއި އެއްބަސްވުންތަކުގައިވާ ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ވިދާޅުވެފައިވާ ފަދައިން އެ އެއްބަސްވުންތައް ދިރާސާ ކުރުމަށް ފަހު ހާމަކުރައްވާނެ ކަމަށް ފިރުޒަލް ވިދާޅުވި އެވެ.

"ބައިލެޓްރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާ އާ އެކު އެކަނި ފޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސަތޭކައަށް ވުރެ ގިނަ ބައިލެޓްެރަލް އެގްރީމެންޓް ވެވިފައި އެބަހުރި. ސޮއިކުރެެވިފައި އެބަހުރި،" ފިރުޒަލް ވިދާޅުވި އެވެ.

ފިރުޒަލް ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވި ސްޓޭންޑަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ޑިޕްލޮމެޓިކް އުސޫލުން އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތް އިންޑިއާގެ ސަރުކާރާ އެކު ކުރިއަށް ގެންދާ މަޝްވަރާގެ އުސޫލުން ރައީސް ޑރ. މުއިއްޒު ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ މިސަރުކާރު ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ އިރު އެ ވައުދާ އެއްގޮތަށް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މިސަރުކާރާ ރައީސް ޑރ. މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އޮފީީހުގައި އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައިންސެސް، ކިރެން ރިޖިޖޫ އާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާ ސިފައިންް މިގައުން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް ރައީސް ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މި އެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *