Support Us

ކުރީގެ ގަޑިބުރުގެ ބަދަލުގައި ޒަމާނީ އާ ގަޑިބުރެއް

ކުރީގެ ގަޑިބުރު ހުރިތަނުގައި ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ބިނާކުރި އާ ގަޑިބުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

އާ ގަޑިބުރު އިފްތިތާހުކޮށްދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ގަޑިބުރުގެ ބޭނުމަކީ ޒުވާނުންނާއި ކުޑަކުދިންނަށް ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް މަގުބޫލް ވިސްނުންތަކެއް ގެނައުން ކަމަށެވެ.

އެގޮތުން އާ ގަޑިބުރު ގާއިމްކޮށްފައިވަނީ ފަސް ވަގުތު ބަންގި ވެސް ގޮވޭ ގޮތަށް އަދި ކައުންސިލުން ބޭނުންވާ މުހިންމު މެސެޖްތައް ދެވޭނެ އަދި ވިޔަފާރިތަކަށް ވެސް ފައިދާ އާއި ނަފާވާ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ސިލޯނު ސަރުކާރުން ހަދިޔާކުރި ކުރީގެ ގަޑިބުރު

"(ބޭނުމަކީ) މާޒީ އިޔާދަކޮށްދިނުން. އަޅުގަނޑުމެންގެ ތާރީހާއި ސަގާފަތު އިޔާދަކުރުމަށް ބަލާއިރު ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ ދުނިޔޭގެ ތަހުޒީބު އެހެން ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ގަޑިބުރަކީ ފަރީދީމަގާއި އޯކިޑްމަގާއި ފަނޑިޔާރުމަގާއި ފުނަގޯޅި ގުޅޭ ހަތަރު އަނގޮޅީގައި ބިނާކޮށްފައިވާ ގަޑިބުރެކެވެ. މިގަޑި ބުރު އެންމެ ފުރަތަަމަ ބިނާކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން، 1990 ގައެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އެ ގަޑިބުރު ބިނާކޮށްފައިވަނީ ރާއްޖެ އާއި ސްރީލަންކާގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ލަންކާގެ ސަރުކާރުންނެވެ.

އެ ގަޑިބުރަށް ޒަމާންތަކެއްވެ ވީރާނާވެގެން ގޮސްފައި ހުއްޓައި އެ ގަޑިބުރު އެ ސަރަހައްދުން ވަނީ ނަގައިފަ އެވެ. އޭގެ ފަހުން ޒަމާންތަކެއް ވަންދެން އެ ސަރަހައްދުގައި ހުރީ ވަށްބުރެއް އެކަންޏެވެ.

މި ގަޑިބުރުގެ މަސައްކަތް ފަށައިފައި ވަނީ މިހާރުގެ ރައީސް ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ފެއްޓެވި ސްޓްރެޖެޓިކް ޕްލޭންގެ ދަށުންނެވެ. މި މަސައްކަތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ސީ.އެސް.އާރް ޕްރޮޖެކްޓެއްގެ ގޮތުގައި ޕައިނިއާ މޯލްޑިވްސްއިން ތަރައްގީކުރި ގަޑިބުރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *